ހަބަރު /

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އާތިފް
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އާތިފް އައްޔަން ކޮށްފި
މުހައްމަދު ރީހާން
04 ސެޕްޓެމްބަރ 2022 - 16:22:37
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު އާތިފް އައްޔަނު ކޮށްފި އެވެ.
އާތިފް މީގެ ކުރިން ހުންނެވީ އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގަ އެވެ. އެ މަގާމަށް އާތިފް އައްޔަން ކުރެއްވީ 2019 ވަނަ އަހަރުގެ މާޗް މަހުގެ ހަ ވަނަ ދުވަހު އެވެ.
އެޗްޑީސީގެ އެމްޑީކަމުގެ މަގާމަށް އާތިފް އައްޔަން ކުރެއްވީ، އެ މަގާމުގައި މީގެ ކުރިން ހުންނެވި، ސުހައިލް އަހުމަދު މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން މަގާމުން ރިޓަޔާ ކުރެއްވުމާއި ގުޅިގެންނެވެ.
އާތިފް ވަނީ އެކައުންޓިން އިން ބެޗްލަރސް ޑިގްރީ ހާސިލް ކުރައްވާފަ އެވެ.
އާތިފް ވަނީ ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުގައިވެސް އިސް މަގާމުތަކެއް މީގެ ކުރިން އަދާ ކުރައްވާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް