އުމުރުން 28 އަހަރުގެ ރޯހިތު ސިންގް ރާޖްޕުތު ނަމަކަށް ކިޔާ މިމީހާއަށް ވަޅިން ހަމަލާދީފައި ވަނީ މިދިއަ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
ތިން މީހުންގެ ގުރޫޕަކުން އައިސް އޭނާގެ ހަށިގަނޑުގެ އެތައް ތަނަކަށް ވަޅިން ހަމަލާދީފައި ވާއިރު، އެ ސަރަހައްދުގައި ގިނަ ބަޔަކު ތިބިކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ.
ރޯހިތް އަށް ވަޅިން ހަމަލާދިންތާ ކުޑަ ވަގުތުކޮޅަކަށް ތެރޭ އޭނާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ މަރުވެފައި ވާކަމަށް ހޮސްޕިޓަލުން އޭނާ ބެލި ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
މި ހާދިސާއާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި، އެހެންނަމަވެސް އޭނާގެ މަރުގެ މައްސަލަ އާއި ގުޅިގެން ވަރުގަދަ ތަހުގީގެއް ފަށާފައިވާ ކަމަށް އެގައުމުގެ ފުލުހުން ވަނީ ބުނެފަ އެވެ.