ads
ޝިއާއުގެ ހަށިގަނޑު
ޝިއާއު މަރުވީ ދިން އަނިޔާތަކުން: އޮޓޯޕްސީ ނަތީޖާ
މިދިޔަ އޮގަސްޓު މަހުގެ ހަވަނަ ދުވަހުގެ ރޭ ހ. ޝީރީން ވިލާ ގޭގައި ރަހުމު ކުޑަކޮށް މަރާލާފައި އޮތްވާ ފެނުނު އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު މަރުވެފައިވަނީ ދިން އަނިޔާތަކުގެ ސަބަބުން ކަމަށާއި، ގުނަވަންތައް ބުރިކުރީ މަރުވިފަހުންކަން ޕޯސްޓްމޯޓަމް ނަތީޖާއިން ދައްކައިފި އެވެ.
Advertisement

ޕޯސްޓްމޯޓަމް ހެދުމަށް ޝިއާއުގެ ހަށިގަނޑު އިންޑިއާއަށް ގެންދިޔައީ މިދިޔަ އޮގަސްޓުމަހުގެ 11 ވަނަ ދުވަހު އެވެ. 13 ވަނަ ދުވަހު ހަށިގަނޑު މާލެގެނެސް ޝިއާއުގެ އުފަން ރަށް  ޏ. ފުވައްމުލަކުގައި ވަނީ ވަޅުލާފައެވެ.

ޕޯސްޓުމޯޓަމް ނަތީޖާ ލިބުނީ މިދިޔަ އޮގަސްޓުމަހުގެ 17 ވަނަ ދުވަހު އެވެ. އެ ނަތީޖާ ލިބިފައިވާކަން ފުލުހުން މިއަދު ހާމަކުރިނަމަވެސް ރިޕޯޓުގެ ތަފްސީލެއް ނުދެއެވެ. ވިދާޅުވީ، ފޮރެންސިކް ތަހުލީލުތައް ކުރެވެމުންދާ ކަމަށާއި މުޅި މައްސަލައިގެ ތަހުގީގު ނިިމި ޝަރީއަތައް ހުށަހަޅަން ތައްޔާރުވަމުންދާ ކަމަށެވެ. 

"މުޅި މައްސަލައިގެ ތަހުގީގު ނިމި ޝަރީއަތައް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާ ވާހަކަދަންނަވަން." ފުލުހުން މިއަދު ބުންޏެވެ.

ނަމަވެސް އިތުރުބާރު ހުރި މަސްދަރަކުން ”ދައުރު“ ކަށަވަރުކޮށްދީފައިވާކަމަށް ބުނެ ރިޕޯޓުކޮށްފައިވާ އޮޓޮޕްސީ ރިޕޯޓުގެ ނަތީޖާގައިވާގޮތުން ޝިއާއު މަރުވެފައިވަނީ އޭނާއަށް ދިން އަނިޔާތަކުގެ ސަބަބުން ނެވެ.

އަދި އޭނާގެ ގުނަވަންތަކަށް ގެއްލުން ދީފައިވަނީ މަރުވި ފަހުން ކަމަށާއި، ޝިއާއު މަރުވެފައި ވަނީ އޯވާޑޯޒް ވެގެން ކަމަކަށް ނުބެލެވޭ ކަމަށް ރިޕޯޓުން ދައްކާފައިވާކަމަށް ރިޕޯޓުކޮށްފަވެއެވެ.

މިދިޔަ މަހުގެ ހަވަނަ ދުވަހު ޝިއާއު މަރާލާފައި އޮއްވާ ފެނުނުއިރު ހަށިގަނޑަށް އޮތީ ބޮޑެތި ގެއްލުންތަކެއްދީފައެވެ. ނަމަވެސް އެއީ ލާއިންސާނީ އަނިޔާތަކަކަށް ވުމުންނާއި، އާއިލާގެ އެދުމުގެ މަތިން އެ ތަފްސީލެއް ފުލުހުން މިހާތަނަށް ހާމައެއް ނުކުރެ އެވެ.  އަދި މިހާތަނަށް އޮޓޯޕްސީގެ ނަތީޖާއެއްވެސް ހާމައެއް ނުކުރެއެވެ. ނަަމަވެސް ޝިއާއުގެ މަރާއި ގުޅިގެން ފުލުހުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވާގޮތުން، ޝިއާއުގެ ޕޯސްމޯޓަމް ހެދީ، އަނިޔާތައް ދީފައިވަނީ މަރާލުމުގެ ކުރިންތޯ ނުވަތަ މަރާލުމަށްފަހުތޯ ޔަގީންކޮށް ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ހޯދުމަށެވެ.

 

14%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
68%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް