ads
އަދީބް، ޔާމީން އަދި ޒިޔަތު
ޔާމީނުގެ މައްސަލައިގަ އަދީބާ ޒިޔާތުގެ ހެކިބަސް ނެގުން މިއަދު
ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގައި، ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އަދި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޢަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމުގެ ޝަރީއަތް މިއަދަށް ތާވަލުކޮށްފިއެވެ.
Advertisement

މިއީ މިދިޔަ ހަފްތާގައި ބޭއްވުމަށް ކުރިން ތާވަލު ކުރެވުނު މައްސަލައެކެވެ. އެހެންނަމަވެސް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ޝަކީލް ޗުއްޓީއަކަށް ވަޑައިގެންނެވުމުން މިދިޔަ ހަފްތާއަށް ތާވަލު ކުރެވުނު މައްސަލަ ކެންސަލްވީއެވެ. ދެން އަލުން އެ މައްސަލަ ތާވަލު ކުރީ މިއަދު މައްސަލަ ކުރިއަށް ގެންދިޔުމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުގެ ޝަރީއަތުގައި އޮންނާނީ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އަދި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމެވެ.

މި މައްސަލައިގައި މި ދިޔަ މަހު ފަހުކޮޅު އޮތް އަޑު އެހުމެއްގައިވަނީ އެމްއެމްޕީއާރްސީ ޚިޔާނާތުގައި ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ތިން ފޯނުގެ ފޮރެންސިކް އެނަލިސިސް ހެދި ފަރަޑޭ ފޮރެންސިކްސްގެ ޓެކްނިކަލް ޑައިރެކްޓަރު މާކް ރިގްބީގެ ހެކިބަސް ނަގާފައެވެ. އަދި އޭނގެ ކުރިންވަނީ ޔާމީންގެ ކުރީގެ އެންމެ ގާތް އެކުވެރިޔާ އަހްމަދު ނާޒިމްގެ ހެކިބަސްވެސް މި މައްސަލައިގައި ނަގާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް