
ރައީސް ޔާމީން: ފޮޓޯ-- ސީއެންއެމް
ކޯޓު ރޫމަށް ފެން ލީކުވާތީ ޔާމީން މައްސަލަ ކެންސަލް!
އަހުމަދު ހަސަން
05 ސެޕްޓެމްބަރ 2022 - 09:57:43
ކޯޓު ރޫމަށް ފެން ލީކުވާތީ މިއަދަށް ތާވަލުކޮށްފައިވާ ރައީސް ޔާމީން މައްސަލަ ކެންސަލްކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ ކޯޓު ރޫމަށް ފެން ލީކުވާތީ މިއަދަށް ތާވަލުކޮށްފައިވާ ރައީސް ޔާމީންގެ މައްސަލަ ކެންސަލްކޮށްފައިވާއިރު، މިއަދުގެ ޝަރީއަތަށް ތާވަލުކޮށްފައި އޮތީ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާ، އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޢަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގުމެވެ.
މިއަދުގެ މައްސަލަ ޝެޑިއުލްކޮށްފައި އޮތީ 9:30 ގައި ފަށާށެވެ. އެހެންނަމަވެސް ކޯޓު ރޫމަށް ފެން ފައިބާތީ މިއަދުގެ އަޑު އެހުން ކެންސަލް ކުރީކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
"ޝަރީޢަތުގެ މާލަމަށް ފެނުގެ އަސަރުކޮށް، މާލަމުގެ އެކި ހިސާބުތަކުން މިހާރު ވެސް ފެން ފައިބަމުންދާތީ، މިއަދުގެ އަޑުއެހުން ކުރިއަށް ގެންދެވެން ނެތް،" ކޯޓުން މީޑިއާތަކާ ހިއްސާކުރި މެސެޖްގައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ކެންސަލްވީ އަޑު އެހުން ދެން އޮންނާނީ މާދަމާ އަދި އަނެއް ދުވަހުއެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް