ads
ހޯމް މިނިސްޓަރ އިމްރާން
2033 ވަނަ އަހަރު ވެރިކަން ކުރާނީ އަދާލަތު ޕާޓީގެ ބޭފުޅެއް: އިމްރާން
ދެހާސް ތެއްތިރީސް ވަނަ އަހަރު ރާއްޖޭގައި ވެރިކަން މާތްﷲ ގެ އިރާދަފުޅުން ކުރާނީ، އަދާލަތު ޕާޓީގެ ބޭފުލެއް ކަމަށް، އަދާލަތު ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީއިން ވަނީ، އެ ޕާޓީގެ ކުރިއަށް އޮތް 10 އަހަރަށް އަމާޒުކޮށްގެން ތައްޔާރު ކޮށްފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ފާސް ކުރުމަށް ރޭ ޖަލްސާއެއް ބާއްވާފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޕްލޭންގެ ފުރަތަމަ ޑްރާފްޓް އެކުލަވާލާފައިވަނީ މިއަހަރު ކުރީކޮޅުއެވެ. އަދި ޕްލޭން ފުރިހަމަ ކުރީ މިދިޔަ މަހު ރ. ކިނޮޅަހުގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕެއްގަ އެވެ. 

ރޭ ބޭއްވި ޖަލްސާގެ ފޮޓޯތައް ޓުވިޓާގައި ހިއްސާ ކުރަމުން، މިނިސްޓަރު އިމްރާން ވިދާޅުވީ، މާތްﷲ އިރާދަކުރެއްވިއްޔާ 2033 ވަނަ އަހަރު ރާއްޖޭގެ ރައީސްކަން ކުރައްވާނީ އަދާލަތު ޕާޓީގެ ބޭފުޅެއް ކަމަށެވެ. މީގެ އިތުރުން އެހެން އެއްވެސް ވާހަކައެއް އެމަނިކުފާނު ހިއްސާ ކުރައްވާފައި ނުވެ އެވެ. 

އަދާލަތު ޕާޓީއިން ވެރިކަމަށް އައުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި ވާއިރު، އެ ޕާޓީ އަކީ މިހާރު ހިނގާ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ގުޅިފައިވާ ސަރުކާރު ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ އެއް ޕާޓީ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އަދާލަތު ޕާޓީގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމަނާފައިވަނީ މައިގަނޑު އަށް ދާއިރާއަކުން ޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތެވެ. އޭގެ ތެރޭގައި ޕާޓީގެ އެތެރޭގެ ހިންގުމާއި ޕާޓީގެ ސިޔާސަތުތަކާއި އަދި ޕަބްލިކް ރިލޭޝަންސްގެ ކަންކަމުގެ އިތުރުން ޕާޓީގެ މާލީ ކަންކަމާއި އިންތިހާބުތައް އަދި ހާރިޖީ އަދި ދާހިލީ ގުޅުންތަކާ ގުޅޭ ކަންކަމުގެ އިތުރުން ޕާޓީގެ މެންބަޝިޕްގެ ކަންކަން ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް