ads
މަޑުއްވަރީ މެންބަރު އާދަމް ޝަރީފް
ރައީސް ނަޝީދަށް ހަމަލާ ދެވުނީ ފުލުހުންނާ ސިފައިން ނުގުޅޭތީ
ފުލުހުންނާ ސިފައިންނަށް ރަނގަޅަށް ގުޅިގެން މަސައްކަތް ނުކުރެވޭކަން، ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ހެދި އިންކުއަރީން ފާހަގަކުރެވިފައި އޮންނާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
Advertisement

ކުރީގެ ޑިފެންސް މިނިސްޓަރި އާދަމް ޝަރީފް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާބެހޭ ބިލުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އާދަމް ޝަރީފްގެ ވާހަކަފުޅުގައިވަނީ ގައުމީ ސަލާމަތަށް ހުރި ތްރެޓްތަކުގެ ތަފްސީލް އެމަނިކުފާނުގެ އަމިއްލަ ތަޖުރިބާއާއެކުވެސް ހިއްސާ ކުރައްވާފައެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން މަޖިލީހުން ހެދި އިންކުއަރީން ފާހަގަކުރެވިފައި އޮންނާނެ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ވެސް ދިވެހިރާއްޖޭގެ ފުލުހުންގެ ޚިދުމަތަށް ވެސް މިކަމުގެ ފުރިހަމަ މައުލޫމާތު ލިބި، އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެންމެ އެކަށީގެންވާ ގޮތުގައި ޓީމު އެފަޓެއް ލައިގެން، ދެ ފަރާތް ގުޅިގެން ކުރެވިފައިނެތް ކަން .އަޅުގަނޑުމެންނަށް ސަރުކާރަށް ކިތަންމެ ވަރަކަށް މިކަމުގެ ވާހަކަތައް ނިސްބަތްކޮށް، އަމާޒުކޮށް މި ވާހަކަ ދެއްކި ކަމުގައި ވިޔަސް، ގާނޫނީ ފަރުވާއެއް މިކަން ކަމަށް ލިބޭނެ ގޮތެއް އޮތީ އިއްޒަތެތެރި ރައީސް، އަޅުގަނޑު މެންމި ކަމާ ބެހޭ ބިލެއް ނުވަތަ މި ކަމާ ބެހޭ ގާނޫނެއް ތައްޔާރުކޮށްގެން ކަމަށް ވާތީވެ، މިކަން އަޅުގަނޑުކުރީ.

އާދަމް ޝަރީފް ހުށަހެޅުއްވައި މަޖިލީހަށް ބަލައިގަތުމާމެދު ވޯޓަށް އެހުމުގެ މަރުހަލާއާ މިހަރު ގާތްވެފައިވާ "ގައުމީ ސަލާމަތާ ބެހޭ ބިލު" ގައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ފަދަ ކަންކަން ބަޔާންކޮށް، އެ ކަމަށް އަދަބު ކަނޑައަޅައިފަ އެވެ. މި ބިލުގެ މަގްސަދެއް ކަމަށް އާދަމް ޝަރީފް ބަޔާން ކުރައްވާފައިވަނީ ގައުމީ ސަލާމަތް ދިފާއުކޮށް ރައްކާތެރިކުރުމާއި އެކަމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމާއި ރާއްޖޭގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލާއި ނެޝަނަލް އިންޓެލިޖެންސް ކޮމިޓީ އުފެއްދުމާއި ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމާއި އެކަމާ ގުޅޭ ކަންކަން ވަކި ގާނޫނެއްގައި ބަޔާންކުރުމެވެ.

އެ ބިލުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ނެތި އެއްވެސް ގައުމެއްގެ އަސްކަރިއްޔާއިން ރާއްޖޭގައި ތިބުމަކީ ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ފަދަ ކަމެކެވެ. އަދި ރިޔާސީ އިންތިހާބު އޮޅުވާލުމާއި ސަރުކާރާ ދެކޮޅަށް ބަގާވާތެއް ކުރުމާއި ސަލާމަތީ ހިދުމަތްތަކުން ސަރުކާރާ ދެކޮޅު ހަރަކާތް ހިންގުން ފަދަ ކަންކަމަކީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަންކަން ކަމަށް އެ ބިލުގައި ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް