ads
ބެންގަލޫރުގައި ތިބި ދިވެހީން ހައިކޮމިޝަނަށް ގުުޅައި ހާލަތު ސާފުކޮށްދެމުންދިއުމަށް އެދެފި
ބެންގަލޫރުގައި ދިރިއުޅެމުންދާ ދިވެހި އާއިލާތަކުން ދިއްލީގައި ހުރި ރާއްޖޭގެ ހައިކޮމިޝަނަށް ގުޅައި ހާލަތު ސާފުކޮށްދެމުންދިއުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ދާދި ދެންމެއަކު ބުނިގޮތުގައި ބެންގަލޫރަށް ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެ ލިބިމުންދާ ގެެެއްްލުންތަކާއި ގުޅިގެން ދިވެހި އާއިލާތަކުގެ ހާލަތު ބެލުމަށް ދިއްލީގައި ހުންނަ ހައިކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެފަދަ ބައެއް އާއިލާތަކާއި މިހާރު ގުޅިފައިވާއިރު ނުގުޅިހުރި އާއިލާތަކާއި ގުޅުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެގޮތުން ހައިކޮމިޝަނުގެ ހޮޓްލައިން 919910040786+ އަށް ގުޅުމަށް ނުވަތަ އެޗްސީޖީއެމް ނަންބަރު 918022972754+ ގުޅައި ހާލަތު ސާފުކޮށްދެމުން ދިއުމަށް އިލްތިމާސްކޮށްފައިވެއެވެ.

މިނިސްޓްރީން މިއަދު އިރުއޮއްސުނުއިރު މީޑިއާތަކަށް ފޮނުވި މެސެޖުގައި ވެސް ވަނީ ބެންގަލޫރުގައި ތިބި ދިވެހީންގެ ހާލަތު ގާތުން ބަލަމުންދާ ކަމަށް ބުނެފައެވެ. 

އެ ސިޓީއަށް މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ކުރަމުން އަންނަ ވިއްސާރާގައި ބޮޑުބައެއްގައި ފެންބޮޑުވެ، ގެއްލުންތަކެއް ދަނީ ވަމުންނެވެ.

އެގައުމުގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިއަދު ލަފާކޮށްފައިވާގޮތުން މިމަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް އެ ސިޓީއަށް ގަދައަށް ވިއްސާރަކުރާނެ އެވެ.

ދެހާސް ސާދަވަނަ އަހަރުގެ ފަހުން، ފަހުގެ ތާރީހެެެެއްގައި އެ ސިޓީއަށް އެންމެ ގަދައަށް ކުރާ ވިއްސާރައަށް މި ވިއްސާރަވާނެ ކަމަށް އެގަމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް