ads
ޕީޕީއެމުން ކުރިން ބޭއްވި ޕްރެސް ކޮންފަރެންސެއްގެ ތެރެއިން--
ޔާމީނުގެ ވެރިކަމުގައި އާ ސީޕްލޭން ޓާމިނަލް ވަކި ބަޔަކަށް ދޭކަށް ނުނިންމާ: ޕީޕީއެމް
މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީ ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލް ވަކިބަޔަކު ހިންގާގޮތަށް ނުވަތަ ވަކި އަގެއް ކަނޑައަޅާ، ވަކި ގޮތަކަށް އެކަން ކުރުމަށް ސަރުކާރުން އެ ކުންފުންޏަށް އެއްވެސް އިރުޝާދެއް ދީފައެއް ނުވާނެކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފި އެވެ.
Advertisement

މި ސަރުކާރުން އެއާޕޯޓްގެ އާ ސީޕްލޭން ޓާމިނަލްއާ ބެހޭގޮތުން ދައްކަމުންދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަން ފާހަގަކޮށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ އާ ސީޕްލޭން ޓާމިނަލްއާ ގުޅޭގޮތުން ކުރީ ސަރުކާރުގެ ބޮލުގައި އިލްޒާމް އަޅުވާ ވާހަކަ ދައްކަމުންދަނީ މިސަރުކާރުގެ ދެއުޅިއެއްނުވާ އިގްތިސާދީ ސިޔާސަތަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާތީ ކަމަށެވެ.

އޭގެ އިތުރުން އެގޮތަށް އެކަން ކުރަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާ ވަކި ގޮތަކަށް އަނބުރާލައި ރައްޔިތުން އޮޅުވާލުމުގެ ގޮތުން ކަމަށް މި ކޯލިޝަނުން ދެކޭ ކަމަށް ބަޔާނުގައި ވެއެވެ. 

"ސަރުކާރުން ދައްކަމުންދާ މިފަދަ ދޮގުވާހަކަތައް މި ކޯލިޝަނުން ކުށްވެރި ކުރަމެވެ،" އެ ބަޔާނުގައި ވެއެވެ.

އޭގެ އިތުރުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގެން މަސައްކަތް ކުރެއްވީ ވީރާނާވަމުންދިޔަ ބަލިކަށި ރާއްޖޭގެ އިގްތިސާދު ހަމަމަގަށް އަޅުއްވައި، ގައުމާއި ރައްޔިތުންގެ މާލީ ފުދުންތެރިކަން އިތުރުކޮށް، ރާއްޖޭގެ އިގްތިސާދީ ސިނާއަތްތައް ދިވެހިރައްޔިތުންނަށާއި ގައުމަށް މަންފާއާއި ލާބަ ލިބެނިވި ގޮތަށް ތަރައްގީކޮށް ކުރިއެރުވުމަށް ވެސް ބަޔާނުގައި ފާހަގަކުރެއެ އެވެ.

މި ސަރުކާރުން އެއާޕޯޓްގެ އާ ސީޕްލޭން ޓާމިނަލްއާ ބެހޭގޮތުން ދައްކަމުންދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަމަށް ޕީޕީއެމްއިން ބުނެފައި މިވަނީ އާ ސީޕްލޭން ޓާމިނަލުގެ ބޮޑު ބައެއް، ޓީއެމްއޭއަށް ދޭނެކަމުގެ ޔަގީންކަން ދީފައިވަނީ މިދިޔަ ސަރުކާރުގައި ކަމަށް މި ސަރުކާރުގެ ބައެއް ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގަ އެވެ. 

އެމްއޭސީއެލުން އާ ޓާމިނަލާ ގުޅިގެން ޓީއެމްއޭއަށް 2017 ވަނަ އަހަރު ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އާ ޓާމިނަލުން ޓީއެމްއޭއަށް 10.35 ޑޮލަރު އަކަފޫޓަކަށް ޖެހޭ ގޮތަށް 31،000 އަކަމީޓަރުގެ ޖާގަ ދޭން އެމްއޭސީއެލްގެ ބޯޑުން ނިންމާފައިވާ ކަމަށެވެ. އަދި އެ ސިޓީތަކުގައި ސޮއި ކުރައްވާފައި ވަނީ އެމްއޭސީއެލްގެ އޭރުގެ ޖެނަރަލް މެނޭޖަރު ހުސެއިން ފަޒީލެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް