ads
ފިނޭންސް މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރު--
ސީޕްލޭން ޓާމިނަލްއާ ގުޅިގެން ނިންމި ނިންމުމަކީ އެންމެ އިންސާފުވެރި ގޮތް: ސަރުކާރު
މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާފައިވާ އާ ސީޕްލޭން ޓާމިނަލް ދޫކުރުމުގައި ގުޅޭގޮތުން ސަރުކާރުން މިހާރު ނިންމާފައިވާ ނިންމުމުގެ ސަބަބުން ދައުލަތަށް ގެއްލުން ނުލިބޭނެ ކަމަށާއި އެއީ އެންމެ އިންސާފުވެރި ގޮތް ކަމަށް ސަރުކާރުން ބުނެފި އެވެ.
Advertisement

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، ކުރީ ސަރުކާރުގައި އެމްއޭސީއެލްގެ ބޯޑުން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާ މުއާމަލާތް ކުރީ 15 އަހަރަށް މުޅި ސީޕްލޭން ޓާމިނަލް އޮޕަރޭޓްކުރުމަށް ޓީއެމްއޭއަށް ހަވާލުކުރާ ގޮތަށް ކަމަށެވެ.

އެކަމަކު، މިނިސްޓަރު އަމީރު ވިދާޅުވީ މި ސަރުކާރުން ނިންމީ އެމްއޭސީއެލްއާއި ދައުލަތަށް އެންމެ ފައިދާ ވާނެ ގޮތަކީ އެތަން އެމްއޭސީއެލް އިން ހިންގުން ކަމަށެވެ. އެހެންވެ، މުޅި ސީޕްލޭން ޓާމިނަލް ހިންގަން ޓީއެމްއޭއަށް ދޫކުރަން ވިސްނާފައި އޮތް ގޮތް، ބަދަލު ގެނައީ މިދިޔަ އަހަރުގެ ފެބްރުއަރީގައި ކަން ވެސް އަމީރު ފާހަގަ ކުރެއްވި އެވެ.

ސަރުކާރުން އެންމެ ފުރަތަމަ ދެ އަހަރުގެ މުއްދަތަކަށް ޓީއެމްއޭއަށް ޓާމިނަލުން ދޫކުރަން ނިންމީ 10.5 ޑޮލަރު އަކަޕޫޓަކަށް ޖެހޭ ގޮތަށް  5،000 އަކަމީޓަރު ބިމެކެވެ. އެގޮތަށް އެކަން އޮތް ނަމަވެސް ޓީއެމްއޭއަށް 2017 ވަނަ އަހަރު އެމްއޭސީއެލުން ފޮނުވި ސިޓީއެއްގައިވާ ގޮތުން އާ ޓާމިނަލުން ޓީއެމްއޭއަށް 10.35 ޑޮލަރު އަކަފޫޓަކަށް ޖެހޭ ގޮތަށް 31،000 އަކަމީޓަރުގެ ޖާގަ ދޭން އެމްއޭސީއެލްގެ ބޯޑުން އޮތީ ނިންމާފަ އެވެ.

ނަމަވެސް މިހާރު ސަރުކާރުން ނިންމާފައި ވަނީ ޓީއެމްއޭއަށް 6،300 އަކަފޫޓުގެ ޖާގަ ދޭށެވެ. މިއީ ކުރިން އެއާޕޯޓްގައި ޓީއެމްއޭއަށް އޮތް ވަރުގެ ޖާގައެކެވެ. އެގޮތުން ދެ އަހަރުގެ މުއްދަތަކަށް 10.5 ޑޮލަރަށް އެތަން ދޫކުރަން ނިންމާފައިވާއިރު މުއްދަތު ހަމަވުމުން އެތަން ހިންގާނީ އެމްއޭސީއެލުން ކަމަށް ވަނީ ނިންމާފަ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވެފައި ވަނީ ސަރުކާރުން މިހާރު ސީޕްލޭން ޓާމިނަލް އޮޕަރޭޓް ކުރަން ނިންމާފައިވާ ގޮތާއެކު އެމްއޭސީއެލްއަށް 33.7 މިލިއަން އެމެރިކާ ޑޮލަރު އަހަރަކު ލިބޭނެ ކަމަށެވެ. އަދި ދެ އަހަރު ފަހުން އަހަރެއްގެ މައްޗަށް 47.3 މިލިއަން ޑޮލަރު ލިބެމުން ދާނެ ކަމަށްވެސް ލަފާކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ޓީއެމްއޭއަކީ ރާއްޖޭގައި އިންވެސްޓް ކޮށްފައިވާ އެންމެ ބޮޑު އެއް ފޮރިން އިންވެސްޓަރުކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ މި މައްސަލައިގައި އިންވެސްޓަރުންގެ އިތުބާރު ނުގެއްލި އަދި އިގްތިސާދަށް އެންމެ ރަނގަޅު ގޮތް ވެސް ވިސްނަން ޖެހޭ ކަމަށެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މިހާރު ސަރުކާރުން ނިންމާފައިވާ ގޮތަށް ސީޕްލޭން ޓާމިނަލް ދޫކޮށްފެން މަދުވެގެން 25 މިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. އެކަމަކު އެންޓި ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓާ ޖެނަރަލް ލަފާކުރާ އަދަދު އެތަނުން ޖެހޭނެ ކަމަށް ލަފާ ނުކުރެވޭކަން ފާހަގަކުރަމުން ފައްޔާޒު ވިދާޅުވީ މިހާރު ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ވަރަކީ ވެސް ރަނގަޅު އާމްދަނީއެއް ކަމަށެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް