ހައުސިން މިނިސްޓްރީންވަނީ، އެގްރީމެންޓް ނުހަދާ ތިބި ފަރާތްތަކަށް އެގްރީމެންޓް ހެދުމަށް އެންމެ ފަހު ފުރުސަތެއްގެ ގޮތުން ދީފައިވާ މުއްދަތަކި މި ހިނގާ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހެވެ. މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަހުގެ 29 ގެ ނިޔަލަށް އެގްރިމެންޓުގައި ސޮއި ނުކުރާ ފަރާތްތަކުގެ ފުލެޓު ލިބުމަށް ހޮވިފައިވާ ހޮވުން ބާތިލްވީކަމުގައެވެ. މިނިސްޓްރީންވަނީ މިހާތަނަށް ސޮއި ނުކޮށްވާ 40 މީހެއްގެ ނަންވެސް އިއުލާންކޮށްފައެވެ.
ހިޔާ މަޝްރޫޢުގެ ދަށުން ޢިމާރާތް ކޮށްފައިވާ 6720 ފުލެޓު ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް ފުލެޓު އެގްރީމަންޓްގައި ސޮއިކުރުމުގެ ކަންކަން ނިންމުމަށް ވަރަށްގިނަ ދުވަސްތަކެއް ދެވިފައިވާކަން ހައުސިން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.