އޭޓީކޭ މޯހަން ބަގާންއަކީ ރާއްޖޭގެ މާޒިޔާއާ އެކު މި އަހަރު އަދި މިދިޔަ އަހަރުވެސް އެއް ގްރޫޕެއްގައި ހިމެނި ގްރޫޕުގެ އެއްވަނަ ހޯދި ޓީމެވެ.
މިދިޔަ އަހަރުވެސް އޭޓީކޭ ކެޓީ އިންޓަޒޯނަލް ސެމީ ފައިނަލުންނެވެ. މިރޭ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ކުޅުނު އިންޓަޒޯނަލް ސެމީ ފައިނަލުން އޭޓިކޭ މޯހަން ބަގާން ބަލިވީ ތިން ލަނޑު އެއް ލަނޑުންނެވެ. މެޗުގެ ހުރިހާ ލަނޑެއްވެސް ޖެހީ ފަހު ހާފުގައެވެ.
އޭއެފްސީ ކަޕުގައި އޭޓީކޭ މޯހަން ބަގާންއާ މާޒިޔާ މި އަހަރު ކުޅުނު މެޗުން އޭޓީކޭ މޮޅުވީ ފަސް ލަނޑު ދެ ލަނޑުންނެވެ.