ads
ފަރަށް ލިބުނު ގެއްލުންތަކުގެ ތެރެއިން އީޕީއޭއިން އާއްމުކޮށްފައިވާ ފޮޓޯތައް
12 ދުވަސްވަންދެން ޖެހިޖެހިއޮތް ޕްލެޓުފޯމުން ވިލިމާލެ ފަރުގައި ފުންވަޅުގަނޑުތަކެއް
ތިލަމާލެ ބްރިޖު މަސައްކަތައް ވިލިމާލެ އިރުމަތީފަރާތު ފަރާއި ދިމާލުގައި ގާއިމުކޮށްފައިވާ ބްރިޖު ޕްލެޓުފޯމެއް ހައްޔަރުން ނެއްޓި ވިލިމާލެ އިރުމަތީ ފަރަށް އުރިފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 16 ވަނަ ދުވަހު އެވެ. ޕްލެޓުފޯމު ފަރަށް އުރިފައި އޮންނަތާ އެތައް ދުވަހެއްވެ، ފަރަށް ގެއްލުން ލިބެމުންދާއިރު، އެ ޕްލެޓުފޯމު އެތަނުން ނުނަގާ ލަސްވާ މައްސަލާގައި އެތައް ބަޔަކު ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަަކަށްފަހު އެތަނުން ޕްލެޓުފޯމު ނެގުނީ 12 ދުވަސް ފަހުން ނެވެ. ޕެލެޓުފޯމުން އެ ސަރަހައްދަށް އެޅުނު ކުދި ދަނގަޑުތަކާއި ކުނިތައް ނަގާ ނިންމާލެވުނީ އޭގެ ނުވަ ދުވަސް ފަހުން ނެވެ. އަދި ދެދުވަސްފަހުން ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ދިރާސާ އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ(އީޕީއޭ) އިން ފެށިއެވެ.
Advertisement

މިދިޔަ އަންގާރަ ދުވަހު ފެށި އެ ދިރާސާ ޓީމުގައި އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް ވެސް ވަނީ އަމަލީ ގޮތުން ބައިވެރިވެފަ އެވެ. މިކަމާއި ގުޅިގެން ނައީމް "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން އެދުވަހު ވިދާޅުވެފައިވަނީ، ފަރަށް ޕްލެޓްފޯމް އެރުމުގެ ސަބަބުން ފަރުގެ ބޮޑު ބަޔަކަށް ގެއްލުން ވެފައި ވާކަމަށާއި، ފަރަށް ލިބުނު ގެއްލުން ބެލުމަށް ކުރަމުން އަންނަ ދިރާސާ މިއަދަށް ނިންމާލެވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިހާރު އީޕީއޭއިން ވަނީ ފަރަށް ލިބުނު ބައެއް ގެއްލުންތަައް ދައްކުވައިދޭ ފޮޓޯއެއް ވެސް ހިއްސާކޮށްފައެވެ. އެ ފޮޓޯއިން ފެންނަގޮތުން އިންސާނުންގެ އިސްކޮޅު ހުންނަވަރުގެ ބޮޑެތި ފުން ވަޅުގަނޑުތައް ފަރުގެ ބައެއް ދިމަދިމާލުން ފެނެއެވެ. ނައީމު ވިދާޅުވިގޮތުން އެއީ ޕްލެޓުފޯމުގެ ފައިކަށިތަކުން ލިބިފައިވާ ގެއްލުންތަކެވެ. ފަރުގައި ހުރި ބައެއް ވަޅުގަނޑުތައް 10 ފޫޓަށް ވުރެވެސް ފުނެވެ.

އީޕީއޭއިން މީގެ ކުރިންވެސް ބުނިގޮތުން ޕްލެޓުފޯމު ނުނެގި ގިނަދުވަސްވުމުގެ ސަބަބުން ޕްލެޓުފޯމު ނަގަން ބެލިއިރު ޕްލެޓުފޯމުގެ ފައިކަށިތައް ހުރީ ފަރުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެފަ އެވެ. ފަރަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކަކީ ދަގަނޑު ޕްލެޓުފޯމު ނުނެގި ލަސްވުމުން ރާޅާއިއެކު ފަރުގައި ޖެހިޖެހި އޮތުމުން ގޭނިގެންނާއި، އެހެނިހެން ގޮތްގޮތުން ލިބިފައިވާ ގެއްލުންތަކެެވެ. 

އެ ޕްލެޓުފޯމު އެތަނުން ނުނަގާ ލަސްވާ މައްސަލާގައި ވިލިމާލޭގެ ތިމާވެށި ހިމާޔަތް ކުރަން މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ، "ސޭވް ދަ ބީޗު" އިން މީގެ ކުރިން ފާޅުކުރި ކަންބޮޑުވުންތަކުގައިވެސް އެ ޕްލެޓުފޯމު ރާޅާއިއެކު ވިލިމާލޭގެ ފުއްޓަރުފަރާތު ފަރުގައި ޖެހޭ އަޑު އިވޭކަމާއި، އެ ޕްލެޓުފޯމު ފަރުގައި ޖެހުމުން އަރާ ލޮޅުން ރަަށަށް ވެސް އިހުސާސްކުރެވެމުންދާ ކަމުގެ ކަންބޮޑުވުންތައް ފާޅުކޮށްފައިވެއެވެ.

އިންޑިއާ ކުންފުންޏަކަށްވުމުން ފިޔަވަޅު ނާޅަން ސަރުކާރުން ނާންގާ

އީޕީއޭއިން މިހާރު ކުރަމުންދަނީ ލިބުނު ގެއްލުންތައް އަނަލައިޒްކޮށް ހިސާބު ޖެހުމުގެ މަސައްކަތެވެ. 

ބުރިޖުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ ކުންފުންޏަށް ފިޔަޅު ނޭޅުމަށް ސަރުކާރުން އީޕީއޭ އަށް އަންގާފައި ވާކަމަށް ބުނާ ވާހަކަތަކާއި ގުޅިގެން ނައީމް ވަނީ އެކަން ދޮގުުކުރައްވާފައެވެ. 

އަދި ފަރަށް ލިބުނު ގެއްލުން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ. އެކަމަށް ސަރުކާރުންވެސް އަދި އެހެން އެއްވެސް ފަރާތަކުން ފިއްތުންތައް ކުރިމަތި ނުކުރުވާ ކަމަށާއި އަދި ވަކި ބަޔަކަށް ވީތީ ފިޔަވަޅު ނޭޅުމަށް ސަރުކާރުން އަންގާފައި ނުވާކަމަށްވެސް ނައީމް ވިދާޅުވި އެވެ. 

40%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް