ads
ރަންބީރު
ފިލްމު ނުހިނގީ ކޮންޓެންޓް ރަނގަޅު ނުވެގެން: ރަންބީރު
ދާދި ފަހުން މީޑިއާއަށް ދިން އިންޓާވިއުއެއްގައި ރަންބީރު ވަނީ އެންމެ ފަހުން ރިލީޒްކުރި ޝަމްޝޭރާ ބޮކްސް އޮފީހުގައި ފެއިލްވީ ކީއްވެގެންކަން ބުނެދީފަ އެވެ.

މިއީ ރަންބީރު ކަޕޫރު ސިނަމާތަކުގައި އެންމެ ގިނަ ދުވަސްތަކެއް ވަންދެން  ފެނުނު އަހަރެވެ. ހަތަރު އަހަރު ދުވަހު ފިލްމެއް ރިލީޒް ނުކޮށް ހުރުމަށް ފަހު އޭނާގެ ފުރަތަމަ އެކްޝަން ޑްރާމާ "ޝަމްޝެރާ " ރިލީޒް ކުރީ ޖުލައި މަހު ކަމަށާއި، މިހާރު އޭނާގެ އެޕިކް ފެންޓަސީ ފިލްމު، "ބްރަހްމަސްޓްރާ" ރިލީޒް ކުރަން ތައްޔާރުވެފައިވާ ކަމަށް އޭނާ ބުންޏެވެ.  

ނަމަވެސް ބޮކްސް އޮފީހުގައި ޝަމްޝެރާ އަށް ކާމިޔާބު ނުލިބުނީ އެ ފިލްމު  ބޮއިކޮޓް ކުރުމަށް ގޮވާލުމާއި ބޮލީވުޑާ މެދު ނެގެޓިވިޓީގެ އާންމު ވައިރޯޅިއެއްގެ ސަބަބުން ކަމަށް ގިނަ ބަޔަކަށް ހީވި އެވެ. އެހެން ނަމަވެސް ރަންބީރު ވަނީ ފުރަތަމަ ފަހަރަށް ފިލްމު ފެއިލްވި ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. 

ބްރަހަމަސްޓްރާ ޕްރޮމޯޓް ކުރުމަށްޓަކައި މިވަގުތު ނިއުދިއްލީގައި އާލިއާ ބަޓް އާއި އަޔާން މުކަރޖީއާ އެކު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަންބީރު ބުނީ ބޮކްސް އޮފީހުން ފިލްމް ޖާގަ ނުލިބުނީ ބޮއިކޮޓް ކުރުމަށް ގޮވާލުމުން ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"ފިލްމު ބޮކްސް އޮފީހުގައި ނުހިނގި ނަމަ، އެއީ ހަމައެކަނި ބެލުންތެރިންނަށް ފިލްމު ކަމުނުދިޔައީ. ރަނގަޅު ފިލްމެއް ހަދައިފިއްޔާ މީހުން އެންްޓަރޓެއިން ކޮށްލަން  ހަމަގައިމު ވެސް އެމީހުން ދާނީ ސިނަމާއަށް. އަދި ފިލްމުތައް ބަލާލަން އެމީހުން ބޭނުންވަނީ ތަފާތު ޖަޒުބާތު، އިހުސާސްކޮށް، ކެރެކްޓަރުންނާ ގުޅިގެން މުނިފޫހިފިލުވާލުމަށް،" ރަންބީރު ބުންޏެވެ.

ކަރަން މަލްހޯތުރާ ޑައިރެކްޓްކުރި ޝަމްޝެރާ 150 ކްރޯޑް ރުޕީސްގެ ބޮޑު ބަޖެޓެއްގައި ހެދި ނަމަވެސް ފިލުމަށް ލިބުނީ ގާތްގަނޑަކަށް 64 ކްރޯޑް ރުޕީސް އެވެ.  އިންޑިއާގެ ބައެއް ނޫސްތަކުން ބުނާގޮތުގައި މިއީ ރަންބީރުގެ ކެރިއަރުގައި ލިބުނު އެންމެ ބޮޑު އެއް ނާކާމިޔާބީ އެވެ.  މި ފިލްމުގައި ސަންޖޭ ދަތު އާއި ވާނީ ކަޕޫރު ވެސް ފެނިގެންދިޔަ އެވެ.  

ރަންބީރުގެ ފިލުމެއް އެންމެ އަވަހަށް ސްކްރީނަށް އަންނާނީ މާދަމާ އެވެ. އެއީ "ބްރަހްމާސްޓްރާ " އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް