އެ ޑޯޒް 18 އަހަރުން މަތީގެ އެންމެނަށް މިއަދުން ފެށިގެން ޖަހަން ފަށާފައިވާކަން އިއުލާންކޮށްފައިވަނީ ދާދި ދެންމެއަކު އެޗްޕީއޭއިން ނެވެ.
އެޗްޕީއޭއިން ބުނީ، މި ޑޯޒް ޖަހާނީ ކޮވިޑުގެ ފުރަތަމަ ބޫސްޓަ(ތިންވަނަ ޑޯޒް) ޖަހާފައިވާތާ، ހަތަރު މަސްދުވަސް ފުރިހަމަވެފައިވާ ފަރާތްތަކަށް ކަމަށެވެ. ހަތަރު ވަނަ ޑޯޒުގެ ގޮތުގައި ޖަހާނީ ފައިޒާ ވެކްސިނެވެ.
މީގެ ކުރިން ރާއްޖޭގައި 18 އަހަރުން މަތީގެ މީހުންނަށް ބޫސްޓަ ޑޯޒުގެ ގޮތުގައި ޖެހީ ތިންވަނަ ޑޯޒެވެ.
ރާއްޖޭގައި ހަތަރުވަނަ ޑޯޒް(ބޫސްޓަ ޑޯޒްގެ ދެވަަނަ ޑޯޒް) ޖަހަން ނިންމާފައިވާކަން ފުރަތަމަ އިއުލާންކުރީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އެކަމަކު އެފަހަރު ހަތަރުވަަނަ ޑޯޒް ޖަހަން ފެށީ ކޮވިޑް-19 ވެކްސިންގެ 3 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 65 އަހަރުން މަތީގެ މީހުންނާއި ބަލިޖެހުމުން ނުރައްކާ ބޮޑުވެދާނެ 18 އަހަރާއި 65 އަހަރާއިދެމެދުގެ މީހުންގެ ތެރެއިން ދިފާއީ ނިޒާމު ބަލިކަށި މީހުން ނުވަތަ ދާއީމީ ބޮޑު ބައްޔަކަށް ބޭސްކުރަމުންދާ މީހުންނަށެވެ.
އަދި ހަމަ އެމަހު ކުޑަކުދިންނަށް ބޫސްޓަ ތިންވަނަ ޑޯޒް ޖަހަންވެސް ފެށި އެވެ. އޭރު ތިންވަނަ ޑޯޒު ކުޑަކުދިންނަށް ދޭން ފެށީ 12 އަހަރާއި 17އަހަރާއި ދެމެދުގެ ކުދިންނަށެވެ. އެއީ ދެވަނަ ޑޯޒް ފުރިހަމަކޮށްފަވާތާ ހަ މަަސްވެފަވާ ކުދިންނަށެވެ.