ސީޕީ ހަމީދު މިހެން ވިދާޅުވީ މިއަދު މާލޭގައި، މަޖީދީމަގުގައި ގްރޫޕަކުން ތިން ފުލުހުންނަށް ހަމަލާދީ ޒަހަމްކޮށްލިކަންތަކާ ގުޅޭ ގޮތުން ކުރެއްވި ޓްވީޓުތަކެއްގައެވެ.
މި ހާދިސާގައި ތިން ފުލުހުންނަށްވެސް އެކިވަރުގެ އަނިޔާވެފައިވެއެވެ. ސީޕީ ހަމީދުވަނީ އަނިޔާވެފައިވާ ފުލުހުންގެ ހާލު ބައްލަވާލެއްވުމަށް ހޮސްޕިޓަލަށް ވަޑައިގެންފައެވެ.
އެ މައްސަލައިގައި 2 މީހަކު މިހާރު ހައްޔަރުކޮށްފައިވާއިރު ސީޕީ ވިދާޅުވީ އެކަމުގައި ހިމެނޭ އެންމެން ހައްޔަރު ކުރާނެ ކަމަށެވެ. ސީޕީ ވިދާޅުވީ ހަމަލާދީފައިވަޏީ ހެންވޭރުގައި އޮންނަ ކުށްކުރާ ގުރޫޕަކުން ކަމަށެވެ. އެހެންނަމަވެސް ވަކި ގްރޫޕެއްގެ ނަން ސީޕީ ވިދާޅެއް ނުވެއެވެ.