ads
ޑރ. ޝަހީމް ކުރެއްވި ޓްވީޓް މިހާރުވަނީ ޑިލީޓް ކުރައްވާފައި
މުސްލިމުންނާ ކްއީނާ ގުޅުވައި ޝަހީމް ކުރެއްވި ޓްވީޓް ޑިލީޓް ކުރައްވައިފި
ކުއީން އެލިޒަބަތަކީ، އެކަމަނާގެ ދައުލަތުގެ ހިޔަލުން މުސްލިމުންނަށް ފުރުސަތު ދެއްވައި އިސްލާމީ އުއްމަތާއެކު ސުލްހަވެރިގުޅުމެއް ބޭއްވުމަށް ބާރު އެޅުއްވި ޝަހުސިއްޔަތެއް ވިދާޅުވެ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރެއްވި ޓްވީޓް ޑިލީޓްކޮށްލައިފިއެވެ.

ޑރ. ޝަހީމްގެ ޓްވީޓް ޑިލީޓްކޮށްލެއްވީ ކީއްވެގެންކަން ސާފު ނުވިޔަސް ބައެއް މީހުންގެ މެދުގައި ސޯޝަލް މީޑިއާގައި އެ ޓްވީޓާ މެދު ނުރުހުންފާޅުކޮށްފައިވެއެވެ. 

your imageޑރ. ޝަހީމްގެ ޓްވީޓް

ރޭ ޑރ. ޝަހީމް ކުރެއްވި ޓްވީޓް ޑިލީޓްކޮށްލައްވާފައިވަނީ މިއަދުއެވެ. އެ ޓްވީޓުގައި ޑރ. ޝަހީމް ވިދާޅުވެފައި އޮތީ ކުއީން އެލިޒަބަތަކީ، އެކަމަނާގެ ދައުލަތުގެ ހިޔަލުން މުސްލިމުންނަށް ފުރުސަތު ދެއްވައި އިސްލާމީ އުއްމަތާއެކު ސުލްހަވެރިގުޅުމެއް ބޭއްވުމަށް ބާރު އެޅުއްވި ޝަހުސިއްޔަތެއް ކަމަށަވެ.

ކުއީން އެލިބަޒަތަކީ އެކަމަނާގެ ދައުލަތުގެ ހިޔަލުން މުސްލިމުންނަށް ފުރުސަތު ދެއްވައި އިސްލާމީ އުއްމަތާއެކު ސުލްހަވެރި ގުޅުމެއް ބޭއްވުމަށް ބާރު އެޅުއްވި ޝަހްސިއްޔަތެއް. އެކަމަނާ ވަކިވެގެން ދިޔުމަކީ ހުޅަނގާއި އިރުމަތީގެ ސުލްހަވެރި ސަގާފީ ގުޅުމަށް ލިބިގެން ދިޔަ ހިތާމައެއް

ޑރ. ޝަހީމް މިހެން ވިދާޅުވީ ކްރީން އަވަހަރާވުމާއި ގުޅިގެން އެކަމުގައ ހިތާމައިގައި ބައިވެރިވެވަޑައިގެން އެކުވެރި އިނގިރޭސި ރައްޔިތުންނަށާއި ރާއްޖޭގައި ތިއްބަވާ އިނގިރޭސި ޑިޕްލޮމޭޓުންނަށާއި އޮފިޝަލުންނަށް ތަޢުޒިޔާ ދަންނަވައި ކުރެއްވި ޓްވީޓެއްގައެވެ. އެކަމަކު ފަހުން މި ޓްވީޓް ޑިލީޓް ކުރެއްވީއެވެ.

އިނގިރޭސި ވިލާތުގެ އެންމެ ގިނަ ދުވަހު ތަހުތުގައި ރެދެލި ކުރެއްވި އަދި އިތުރު 14 އިސްތިއުމާރީ ގައުމެއްގެ ރާނީކަން ކުރެއްވި ރާނީ އެލިޒަބަތު 2، އަވަހާރަވީ އުމުރުފުޅުން 96 އަހަރުގައި ބުރާސްފަތި ދުވަހުގެ މެންދުރުފަހު ސްކޮޓްލެންޑްގެ އެބަޑީންޝިއާ ހުންނަ ބެލްމޯރަލް ކާސަލްގައެވެ. 

އެކަމަނާ އަވަހާރަވުމާއި ގުޅިގެން މުޅި ދުނިޔޭގައި ހިތާމަ ފާޅުކުރަމުން އަންނައިރު، ރާއްޖޭގައިވެސް ރަސްމީ ހިތާމައިގެ 3 ދުވަސް އިއުލާންކޮށް ދިވެހި ދިދަވަނީ ބައި ދަނޑިއަށް ތިރިކޮށްފައެވެ.

13%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް