ads
ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް
ފައިސާ ގޯނި ހިފައިގެން ހިނގި މީހާވެސް ޔާމީންގެ ދިފާއީ ހެއްކަކަށް
ފައިސާ ގޯނި ހިފައިގެން ބަހަން ދިޔަ ވިދާޅުވި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް، ރައީސް ޔާމީނާ ދެކޮޅަށް ހިނގަމުންދާ ޝަރީއަތުގައި ހެކިބަސް ދިނުމަށް ހާޒިރުކޮށްފިއެވެ. މުހައްމަދު އިސްމާއިލްގެ ހެކިބަސް ނެގުން މި ވަގުތު ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ.
Advertisement

ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް، ޔާމީންގެ މައްސަލައިގައި ހެކިބަސް ދިނުމަށް ހާޒިރު ކުރީ ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުއްވި ހެއްކެއްގެ ގޮތުގައެވެ.

މި މައްސަލައިގައި ހެކިބަސް ދެމުން، ބޭންކް ރޭޓުގައި 1 މިލިއަން ޑޮލަރު ގަންނަން ބޭނުންފުޅުވެގެން ރައީސް ޔާމީން ގުޅުއްވި ކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ. އަދި އެކަމާ ގުޅިގެން އެކިއެކި ވިޔަފާރިވެރިންނަށް 1 މިލިއަން ޑޮލަރު ހޯދަން ގުޅުއްވިކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ. އެގޮތުން ޔޫސުފް ނައީމް 1 މިލިއަން ޑޮލަރު ރައީސް ޔާމީނަށް ވެއްޖިއްޔާ 15.42 ރުފިޔާގެ ރޭޓުން ވިއްކާނެ ކަމަށް ވިދާޅުވި ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

އަދި ރައީސް ޔާމީނަށް ޑޮލަރު ވިއްކި ކަމަށް ފަހުން މުހައްމަދު އިސްމާއީލަށް ޔޫސުފް ނައީމް ވިދާޅުވި ކަމަށްވެސް ހެކިބަސް ދެމުން މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.

މުހައްމަދު އިސްމާއިލް ކުރިން މަޖިލީހުގެ ޖަލްސާއެއްގައި އެމްއެމްޕީއާރުސީގެ ހިޔާނާތައި ގުޅިގެން ދެކެވުނު ވާހަކަތަކުގައި އެ ފައިސާ ހިފައިގެން ހިނގި ކަމަށް ވިދާޅުވެފައިވެއެވެ.

"އެ ފައިސާ ގޯނި ހިފައިގެން ހިނގީ އަޅުގަނޑޭ، ހިފައިގެން އެބޭފުޅުންނަށް އެލާރި ބެހީ އަޅުގަނޑު، ހުރިހާ އެންމެން އޭގައި ހިފި،" ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް މަޖިލީހުގައި ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ޝަރީއަތުގައި މިއަދު މުހައްމަދު އިސްމާއިލްގެ ކުރިން އެހެން މީހަކުވެސް ރައީސް ޔާމީންގެ ދިފާއުގައި ހެކިބަސް ދިނެވެ. އަދި ކުރިން އޮތް ޝަރީއަތުގައި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަރީޝްވެސްވަނީ ޔާމީންގެ ދިފާއުގައި ހެކިބަސް ދީފައެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް