ads
ރާއްޖެއާ އުޒްބަކިސްތާނު ކުޅުނު މެޗުގެ ތެރެއިން
ޒުވާން ޓީމަށް ފުރަތަމަ މެޗުން ބޮޑު ބައްޔެއް
ވިހި އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ފުރަތަމަ މެޗުގައި ރާއްޖޭން އުޒްބަކިތާނު އަތުން ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.
Advertisement

ސައުދީ އަރަބިއްޔާގައު ކުރިއަށްދާ ރާއްޖެ ހިމެނޭ ގްރޫޕުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި އުޒްބަކިސްތާނު އަތުން ރޭ ބަލިވީ 7-0 ގެ ބޮޑު ތަފާތަކުންނެވެ. މެޗުގެ ފުރަތަމަ ބައިގަޑިއެއްހާއިރު ތެރޭ އުޒްބަކިސްތާނުންވަނީ ރާއްޖެ ކޮޅަށް 5 ލަނޑު ޖަހާފައެވެ.

މި ގްރޫޕުގައި ދެން ކުޅުނު މެޗުގައި ޗައިނާއިންވަނީ 3-1 ން މިޔަންމާ ބަލިކޮށްފައެވެ.

ރާއްޖެ، އުޒްބަކިސްތާނު، ޗައިނާ އަދި މިޔަންމާގެ އިތުރުން މި ގްރޫޕުގައި ހިމެނެނީ ސައުދީ އަރަބިއްޔާއެވެ.

ރާއްޖޭގެ 20 އަހަރުން ދަށުގެ މެޗު ޝެޑިއުލް

10 ސެޕްޓެމްބަރު: ރާއްޖެ- އުޒްބަކިސްތާން (7-0ން ރާއްޖެ ބަލިވީ)

12 ސެޕްޓެމްބަރު: ރާއްޖެ- ސައުދީ އަރަބިއްޔާ

14 ސެޕްޓެމްބަރު: ރާއްޖެ- ޗައިނާ

19 ސެޕްޓެމްބަރު: ރާއްޖެ- މިއަންމާ

މި މުބާރާތުގެ ކުރިން ދިވެހި ޒުވާން ޓީމުން އެންމެ ފަހުން ކުޅުނު މުބާރާތަކީ މިދިޔަ މަހުގެ ކުރީކޮޅު އިންޑިޔާގައި ނިމުނު ސާފް ޗެމްޕިއަންޝިޕް ވިހި އަހަރުން ދަށުގެ މުބާރާތެވެ. އެ މުބާރާތުގައި ރާއްޖެ ކުޅުނު އެއްވެސް މެޗަކުން މޮޅެއް ނުވެއެވެ. އެ މުބާރާތުގައި ރާއްޖެއަށް ހަތަރު މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ. އެއީ ލަންކާއާ ކުޅުނު މެޗުންނެވެ. ލަންކާ މެޗުގައި ރާއްޖޭން މޮޅުވާން ދަނިކޮށް ލަންކާއިން އެއްވަރު ކުރީ ފަހު ވަގުތުކޮޅުއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް