ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާ މިހާރު އާއްމުކޮށްފައިވާއިރު، މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ އައިޓަމެއްގެ ގޮތުގައި އޮތީ އިނގިރޭސި ރާނީ އަވަހާރަވުމާ ގުޅިގެން ތައުޒިޔާގެ ބަސްފުޅެއް ވިދާޅުވުމަށް މަޖިލީހުގައި ތަމްސީލް ކުރައްވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ފުރުސަތު ދެއްވުމެވެ.
ކްއީން އެލިޒަބަތު އަވަހާރަވީ ސްކޮޓްލޭންޑުގެ ބަލްމޯރަލް ކާސަލްގައި ސިއްހީ ހާލުކޮޅު މޮނީޓާކޮށް ފަރުވާދެމުން ދަނިކޮށް މި މަހުގެ 8 ވަނަ ދުވަހުއެވެ. ކްއީން އެލިޒަބަތު އަވާހަރަވީއިރު އުމުރުފުޅުން 96 އަހަރެވެ. އެކަމަނާ އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ.