ބީއެމްއެލް އިން ބުނީ، މި ގްރާންޓުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުގެ ހިލޭ އެހީގެ ދަށުން ތިން އާއިލާއަކަށް ދިރިއުޅުމަށް ގެ އިމާރާތްކޮށް ފަރުނީޗަރު ހޯދައިދެވޭނެ ކަމަށެވެ.
މި ފަދަ އެހީއަކަށް ބޭނުންވެފައިވާ އާއިލާތައް ފާހަގަކޮށް ހިލޭ އެހީއަށް އެދި ހުށަހަޅެމުގެ ފުރުސަތު ހުޅުވާލެވުނީ ޖަމިއްޔާތަކާއި ކައުންސިލްތަކަށް ކަމަށެވެ.
ހައުސިން ގްރާންޓް ލިބޭ ފަރާތްތަކަކީ:
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ އާއިޝަތު ނޫރައްދީން ވިދާޅުވީ، ހައުސިން ގްރާންޓް ފަދަ ޕްރޮޖެކްޓްތަކުގެ އެހީގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބޭންކުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ ސްޓްރެޓަޖީގެ ބޮޑު އަމާޒެއް ކަމަށެވެ.
ހައުސިން ގްރާންޓް ތައާރަފް ކުރެވުނީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިންނެވެ.