ads
ވިއަވަތި ކޮންފަރެންސްގެ ތެރެއިން
ކައުންސިލްތަކަށް އަންނަ އަހަރު 1.7 ބިލިއަންގެ ހިލޭ އެހީ
ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް 1.7 ބިލިއަން ރުފިޔާ ދޫކުރަން ސަރުކާރުން ނިންމައިފިއެވެ. ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ލ. ގަމުގައި މިއަދު ނިމުނު ވިއަވަތި ކޮންފްރެންސްއެވެ.

މިއަދު ލ. އަތޮޅުގައި ނިމުނު ވިއަވަތި ކޮންފަރެންސްގެ މިއަދުގެ 3 ވަނަ ސެޝަންގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ކައުންސިލްތަކަށް އަންނަ އަހަރު ގްރާންޓް އެހީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ދޫކުރަން ސަރުކާރުން ނިންމީ ކައުންސިލްތަކަށް ދޭ އެހީ އަހަރުން އަހަރަށް އިތުރުކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމަށެވެ.

އަންނަ އަހަރު ކައުންސިލްތަކަށް 1.7 ބިލިއަން ރުފިޔާ ދޫކުރަން ނިންމިކަން ސަރުކާރުން އިއުލާން ކުރިއިރު މިގޮތަށް  ހިލޭ އެހީ ނުވަތަ ބްލޮކް ގްރާންޓްގެ ގޮތުގައި އެންމެ ފުރަތަމަ ކައުންސިލްތަކަށް ފައިސާ ދޫކުރަން ސަރުކާރުން ނިންމީ 2020 ވަނަ އަހަރު އެވެ. އެ އަހަރު ބްލޮކް ގްރާންޓްގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ދޭން ނިންމި ނަމަވެސް ކޮވިޑް 19އާ ކުރިމަތިލާން ޖެހުމާ ގުޅިގެން އެ އަހަރު ކައުންސިލްތަކަށް ދޫކުރީ 550 މިލިއަން ރުފިޔާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް