
ރައީސް މުހައްމަދު ނަޝީދު މި ދަފްތަރުގައި ސޮއި ކުރެއްވީ މިއަދުއެވެ. ރާނީގެ ތައިޒިޔާގެ ދަފްތަރުގައި ރައީސް ނަޝީދު މިއަދު ސޮއި ކުރެއްވިއިރު، އިނގިރޭސި ރާނީ ކްއީން އެލިޒަބަތު 2 އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި މިއަދުވަނީ ހަމަހިމޭން ކަމުގެ ސުކޫތެއްވެސް ގެނެސްފައެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ކުރިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ، ހަމަހިމޭން ކަމުގެ ސުކޫތު ގެނައުމަށް ފަހު، މަޖިލީހުގައި ތިބި ސިޔާސީ ޕާޓީ ތަކަށް ރާނީ އަށް ތައުޒިއްޔާ ވިދާޅުވުމަށް ވަކިވަކިން ފުރުސަތު އަރުއްވާފަ އެވެ.
ކްއީން އެލިޒަބަތު އަވަހާރަވީ ސްކޮޓްލޭންޑުގެ ބަލްމޯރަލް ކާސަލްގައި ސިއްހީ ހާލުކޮޅު މޮނީޓާކޮށް ފަރުވާދެމުން ދަނިކޮށް މި މަހުގެ 8 ވަނަ ދުވަހުއެވެ. ކްއީން އެލިޒަބަތު އަވާހަރަވީއިރު އުމުރުފުޅުން 96 އަހަރެވެ. އެކަމަނާ އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ދިދަވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ.