ads
މިއަދު ފެމިލީ ކޯޓުގައި 62 ކައިވެނި
ރީތި ތާރީހުތަކުގައި ފެމިލީ ކޯޓަށް އަބަދުވެސް ބާރު ބޮޑުވެ އެވެ. އެގޮތުން މިއަދަކީ މިއަހަރު އަންނާނެ އެންމެ ރީތި ތާރީހުތަކުން އެއް ދުވަސް ކަމުން މިއަދު އެކަނި ވެސް އެކޯޓުން 62 ކައިވެނި ކޮށްދޭނެ އެވެ.

ފެމިލީ ކޯޓުން ބުނާ ގޮތުގައި މިއީ ފަހުގެ ތާރީހެއްގައި އެކޯޓުން އެންމެ ގިނަ ކައިވެނި ކޮށްދޭނެ އެއް ދުވަހެވެ. 

މިއަހަރުގެ ތެރޭގައި އައި އެންމެ ރީތި އަނެއް ތާރީހަކީ 02.02.2020 އެވެ. މި ތާރީހުގައި ފެމިލީ ކޯޓުން ވަނީ 41 ކައިވެންޏެއް ކޮށްދީފަ އެވެ. 

ފެމިލީ ކޯޓުގެ އޮފިޝަލަކު ކުރިން ވިދާޅުވި ގޮތުގައި އާންމުކޮށް ދުވާލަކު ކުރަނީ 10 ނުވަތަ 15 ވަރަކަށް ކައިވެންޏެވެ. ނަމަވެސް އަބަދުވެސް ރީތި ތާރީހުތަކުގައި ކުރާ ކައިވެނީގެ އަދަދުތައް އިތުރުވެ އެވެ. 

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އާންމުކުރި ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު 6509 ކައިވެނި ކޮށްފައިވާއިރު 5117 ވަރި ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރު ކުރި ކައިވެނީގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ބޮޑު އަދަދެކެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް