
އިންޑިއާގެ ނޫސްތަކުގައި މިއަދު ރިޕޯޓް ކޮށްފައި ވާގޮތުގައި އުމުރުން އެންމެ ތިން އަހަރުގެ މި ކުއްޖާ ރޭޕް ކޮށްލާފައި ވަނީ، އެ ސުކޫލްގެ ބަސް ޑްރައިވަރު ކަމަށެވެ. އަދި ބަސް ޑްރައިވަރަށް އެކަން މަގުފަހު ކޮށްދިނީ، އެ ސުކޫލްގައި ކިޔަވައި ދެމުން ދިޔަ އަންހެން ޓީޗަރެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.
އެ ކުއްޖާ ރޭޕް ކުރިކަން އެނގުނީ، ކުއްޖާގެ ހަށިގަނޑުގައި ނިޔަފަތީގެ ނިޝާންތަކެއް ހުރުމުގެ ސަބަބުން ކަމަށާއި، އެ ނިޝާން ތަކާއި ގުޅިގެން ކުއްޖާގެ މަންމަ ކުއްޖާ އާއި ސުވާލު ކުރުމުން ކުއްޖާ އެ ކަން ކިޔައިދިން ކަމަށް ނޫސްތަކުގައި ވަނީ ބުނެފަ އެވެ.
މިކަން އެންމެ ފުރަތަމަ ކުއްޖާ ކިޔަވަމުން ދިޔަ ސުކޫލަށް ހުށަހެޅުމުން ސުކޫލުން އެކަން ފޮރުވަން މަސައްކަތް ކުރި ކަމަށްވެސް ކުއްޖާގެ ބެލެނިވެރިން ވަނީ ބުނެފަ އެވެ.
މި މައްސަލަ އާއި ގުޅިގެން ބަސް ޑްރައިވަރުގެ އިތުރުން އަންހެން ޓީޗަރު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު، އަންހެން ޓީޗަރު ވަނީ، ބަސް ޑްރައިވަރު އޭނާ އަށް ފައިސާ ދީ އެކަން ކޮށްދިނުމަށް އެދުން ކަމަށް ބުނެފަ އެވެ.
އަދި އެކަން ބަސް ޑްރައިވަރު ކުރީ، ކުއްޖާ ގެއަށް ލާން ދިޔަ މަގުމަތީ ކަމަށާއި، އޭރު އެ ބަސް ތެރޭ އެކުއްޖާގެ އިތުރުން އެހެން ކުއްޖަކު ނެތް ކަމަށް ޓީޗަރު ވަނީ ބުނެފަ އެވެ. އަދި އެކަން ކުރީ އޭނާގެ ކުރިމަތީ ކަމަށާއި، އެކަން ކޮށް ނިމުމުން ބަސް ޑްރައިވަރު އޭނާ އަށް ފައިސާ ދިން ކަމަށް ޓީޗަރު ވަނީ ބުނެފަ އެވެ.
މިކަމާއި ގުޅިގެން އެގައުމުގެ ފުލުހުން ބުނީ، މި މައްސަލައިގައި ހިމެނޭ ދެ މީހުންގެ މައްޗަށްވެސް ގާނޫނުން ދެވެން އޮތް އެންމެ ބޮޑު އަދަބު ދޭން ޖެހޭ ކަމަށާއި، އެއީ އިންސާނުންގެ ދަރަޖައަށްވުރެވެސް ދަށު ދަރަޖައިގެ ދެ މީހުން ކަމަށެވެ.