ads
މަޑަވެލި-ހޯނޑެއްދޫ ކޯޒްވޭ އެޅުމުގެ މަސައްކަތް ފެށުން - ފޮޓޯ: އެމްސީސީ
ކޯޒްވޭ ގެ ސަބަބުން އިގްތިސާދީގޮތުން އެ ސަރަހައްދަށް އައު ދިރުމެއް ލިބޭނެ: އާޒިމް
ގދ. މަޑަވެލި އަދި ހޯނޑެއްދޫ ކޯޒްވޭ އަކުން ގުޅާލުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

އެ ދެރަށް ގުޅާލުމުގެ އަމަލީ މަސައްކަތް ފެށުމައްޓަކައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، މަޑަވެލީ ދާއިރާގެ މަޖިލިސް މެމްބަރު ހުސައިން ފިރުޝާންއާއި، މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ހަސަންއާއި، ހޯނޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝްއާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ކޯޒްވޭގެ ދަށުން އޮއެ ދެމޭނެ ގޮތަށް އަދި ކޯޒްވޭގެ މަތިން ހެވީ ވެހިކަލް ދުއްވޭނެ ގޮތަށް ހަދާ މި ކޯޒްވޭ އާއި އެކު ޖުމްލަ ހަތަރު ރަށެއް ގުޅުވާލެވޭނެ އެވެ. އެއީ މަޑަވެލި އަދި ހޯނޑެއްދޫގެ އިތުރުން އެ ދެ ރަށް ދެމެދު އޮންނަށް "ކަންނިގިލާ" އާއި
އާއި، "ހާދޫ" ވެސް ހިމަނައިގެންނެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާޒިމް ދެއްކެވި ވާހަކަފުޅުގައި، މި ކޯޒްވޭގެ ސަބަބުން ދެރަށުގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ. 

އެގޮތުން އާޒިމް ވިދާޅުވީ، މި ދެ ރަށަކީ އިގްތިސާދީ މަސައްކަތްތައް ކުރެވެން އޮތް ދެރަށަށް ކަމަށާއި، ކޯޒްވޭގެ ސަބަބުން އެ ސަރަހައްދަށް ދިރުން ގެނުވާނެ ކަމަށެވެ. އަދި މިއީ ފަތުރުވެރިކަމަށްވެސް މި ދެ ރަށް ހުޅުވި، އިގްތިސާދީ އަދި ވިޔަފާރީގެ ދާއިރާއިން ގިނަ ފައިދާތަކެއް ލިބިގެންދާނެ މަޝްރޫއެއްކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މި ކޯޒްވޭ މިހާރު ޕްލޭންކުރެވިފައިވާ މުއްދަތުގެ ތެރޭގައި ނިމި ރައްޔިތުންނަށް ހިދުމަތް ލިބެން ފަށާއިރު މިހާރު ތަޖުރިބާކުރަމުންދާ ރަށްގިރުމުގެ މައްސަލައަށްވެސް ހައްލު ލިބިގެންދާނެ. ކޯޒްވޭ އާއި ރަށާގުޅޭ ދިމާލުގައި ބޮޑު ހިލަޖަހަން ނިންމާފައި އެވަނީ މި ދެންނެވި ގިރުމުގެ މައްސަލައަށް ހައްލެއް ހޯދައިދޭން" އާޒިމް ވިދާޅުވި އެވެ.

ޖުމްލަ 84 މިލިއަން ރުފިޔާ މި މަޝްރޫއުއަށް ހަރަދު ވާއިރު، މި މަޝްރޫއުގެ ދަށުން 260 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި، ބުރިޖުގެ 2544 ކިއުބިކް މީޓަރުގެ ސެގްމަންޓް ކޮންކްރީޓް މަސައްކަތް ކުރުން ހިމެނެ އެވެ. އަދި 285 ސްޕަން ޕައިލް ހަރުކުރުމާއި، 4596 އަކަ މީޓަރުގެ ސަރަހައްދުގައި ތާރު އަޅާ، 1378 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވިން ހެދުމުގެ މަސައްކަތް ހިމެނެ އެވެ.

މިހާރު އެ ދެރަށް ދެމެދު އޮތް ކޯޒްވޭ މުޅިން ނަގާ އާ ކޯޒްވޭ އެއް އެޅުމަށް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާއި ހަވާލު ކޮށްފައި ވަނީ، 26 އޮކްޓޯބަރު 2021 ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް