މުއްދަތު ހަމަވެފައިހުރި ވެކްސިންތަކެއް ދެވަނަ ފަހަރަށް ވިލިމާލޭ ހޮސްޕިޓަލުގައި ތުއްތުކުދިން ގަޔަށް ޖަހާފައިވާ ކަމަށް ދެކެވެމުންދާ ވާހަކަ ދޮގުކޮށް އައިޖީއެމްއެޗުން ބުނީ އެފަދަ މައްސަލައެއް ވިލިމާލޭ ހޮސްޕިޓަލުގައި ދިމާވެފައިވަނީ މި އަހަރުގެ މެއި މަހު ކަމަށެވެ.
އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ހޮސްޕިޓަލުންނާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ.) އިން އޭރު ތަޙުޤީޤުކޮށް މި މައްސަލައިގައި އިހުމާލުވާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅު އަޅައި، މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރެ ނުވާނެކަން ވަނީ ކަށަވަރު ކުރެވިފައި ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.