
މަޖިލީހުގެ މެމްބަރުންގެ ނިސްބަތް ކޮންމެ ފަސް އަހަރަކުން އިތުރުވަމުން އަންނާތީ، އެ އަދަދު މިހާރު ހުރި ވަރު 87 ގައި ހިފެެހެއްޓުމަށް، ގާނޫނު އަސާސީ އަށް އިސްލާހު ގެންނަން، ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހުށަހެޅުއްވި އިސްލާހަށް ބަހުސްކުރުން މިއަދުގެ މަޖިލީހުގައި ކުރިއަށް ދިޔައެވެ.
އެ އިސްލާހާއި ދެކޮޅަށް ވާހަކަދައްކަވަމުން، ޖާބިރުވަނީ ގާސިމް މަޖިލީހަށް ހާޒިރުނުވާތީވެސް ހިތްހަމަނުޖެހުން ފާޅުކޮށް ފާޑުވިދާޅުވެފައެވެ.
ޖާބިރު ވިދާޅުވީ، އެމަޖިލީހަށް ހިދުމަތްކުރައްވާތާ 22 އަހަރުވެފައިވާ ކަމަށާއި، އެތަނަށް “ވިހާފައި ހުރި ކުއްޖެކޭ އަޅުގަނޑޭކޭ އެއްވަރު” ކަމަށެވެ. އެތަނަަށް އައި އިރު ތުބުޅި މަތިމަސްވެސް ނުފަޅާ ކަމަށެވެ.
ޖާބިރު ވިދާޅުވީ، މަޖިލީހުގެ މެމްބަރުންގެ އަދަދު ހިފަހައްޓަން އުޅެނީ މިހާރު ހުރި 87 އަކުން މަތިވެއްޖެނަމަ މެމްބަރުން ގަތުމަށް އުނދަގޫވާނެތީ ކަމަށެވެ.
އަދި މިހާރުވެސް އެމަޖިލީހަށް ހާޒިރުވަނީ 87 މެމްބަރުންގެ ތެރެއިން ދުވާލެެއްގެ މައްޗަށް 21 މެމްބަރުން ކަމަށްވާއިރު އަދަދު ހިފަހައްޓައިފިނަމަ މުސްތަގުބޮލުގައި މަޖިލީހުގެ ޖަލްސާއެއް ފެށޭވަރުވެސް ނުވާނެ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.