ads
ސަމަރޭއަށް ރައީސް އެވޯޑް ހަވާލު ކުރައްވަނީ
ސަމަރުބްލޫ އިބްރާހިމް މަނިކާ ޒާހިދައްތައަށް ލައިފްޓައިމް އެވޯޑް
ބްރޯޑްކާސްޓިން ދާއިރާއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިން 'ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް'، ކުރީގެ އިންފޮމޭޝަން މިނިސްޓަރު ސަމަރުބުލޫ އިބްރާހިމް މަނިކު އާއި ދިވެހިރާއްޖޭގެ އަޑުގެ ކުރީގެ މަޝްހޫރު ޕްރެޒެންޓަރު ޒާހިދާ އިބްރާހިމް (ޒާހިދާއްތަ)އަށް ރޭ ދީފި އެވެ.

ރޭ އޮތް ބްރޯޑްކާސްޓިން އެވޯޑްގައި ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ 'ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް' ދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހެވެ. ސަމަރު ބްލޫ އިބްރާހިމް މަނިކުގެ އެވޯޑް ހަފްލާއަށް ވަޑައިގެން އެވޯޑާ ހަވާލުވެވަޑައިގެންނެވިއިރު، ޒާހިދައްތަގެ ފަރާތުން އެވޯޑާ ހަވާލުވީ އެ ކަމަނާގެ ދަރިކަނބަލެކެވެ. ދިވެހިންގެ ހިތްތަކާ ގުޅިފައިވާ އަޑުގެ ވެރިޔާ ޒާހިދައްތަވަނީ ނިޔާވެފައެވެ.

އެބޭފުޅުންގެ ޚިދުމަތުގެ ދުވަސްތަކަކީ، ރާއްޖޭގެ ހުރިހާ ކަމެއް ފުރޮޅެމުން، ބަދަލުވަމުން އައި ދުވަސްވަރު. އިޖުތިމާޢީ ދާއިރާއިންނާއި، އިޤްތިޞާދީ ދާއިރާއިން، އަދި ޞިއްޙީ ދާއިރާއިންނާއިން، ތަޢުލީމީ ދާއިރާއިންވެސް ރާއްޖެއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށި ދުވަސްވަރެއް. އެ ބަދަލުތަކަށް ޢާންމު ރައްޔިތުން އަހުލުވެރިކުރުވުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރީ، ބްރޯޑްކާސްޓިންގގެ ޚިދުމަތް. -ރައީސް ސާލިހް-

ދިވެހިރާއްޖޭގެ އަޑުގެ މަޝްހޫރު "އެބައުޅޭމިބައުޅޭ" ގެ މޭސްތިރިޔާ ޒާހިދާ ވަނީ މީގެ ދުވަސްވަތަކެއް ކުރިން އުމުރުން 58 އަހަރުގައި އަވަހާރަވެފަ އެވެ. ޒާހިދާގެ އާއިލާގެ ފަރާތުން އެވޯޑާ ހަވާލުވީ އޭނާގެ ދަރިކަނބަލެއް ކަމަށްވާ އާއިޝަތު ޝިއާރާ އެވެ.

ސަމަރުބުލޫ އިބްރާހިމް މަނިކު ވަނީ 1974 އިން ފެށިގެން 2006 އާ ހަމައަށް ބްރޯޑްކާސްޓިން ދާއިރާގައި ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވައި އެ ދާއިރާ އަށް ގިނަ ބަޔަކު ނެރުއްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް