ads
ފުލުހުންނަށް ހަމަލާދިން މީހަކު
3 ފުލުހަކަށް ހަމަލާދިން މައްސަލާގައި މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފި
އެކަކު ފިޔަވަައި އެންމެން ޝަރީއަތް ނިމެންދެން ބަންދު
ޑްރަގްއެންފޯސްމެންޓް ޑިޕާޓުމެންޓް(ޑީއީޑީ)ގެ ތިން ފުލުހަކަށް ހަމަލާދިން މައްސަލާގައި މިހާތަނަށް 10 މީހަކު ހައްްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިމަހުގެ ނުވަވަނަ ދުވަހު، ހަތިޔާރު ބޭނުންކޮށްގެން ގޭންގަކުން ތިން ފުލުހަކަށް ހަމަލާދިން މައްސަލާގައި ހަމަ އެދުވަހު 18 އަހަރުގެ މީހަކާއި، 20 އަހަރުގެ މީހަކު ހައްޔަރުކުރިއެވެ. 

އޭގެފަހުން މިމަހުގެ 12 ވަނަ ދުވަހު އިތުރު މީހަކު ހައްޔަރުކުރިއެވެ. ފުލުހުން ރޭ ބުނިގޮތުގައި، ބުދަ ދުވަހުގެ ރޭ އިތުރު ހަ މީހަކު އެ މައްސަލާގައި ހައްޔަރުކޮށްފައި ވެއެވެ. 

ބުދަ ދުވަހުގެ ރޭ ހައްޔަރުކުރި 6 މީހުން:

  • 18 އަހަރުގެ މީހެއް
  • 19 އަހަރުގެ މީހެއް
  • 20 އަހަރުގެ 3 މީހެއްް
  • 21 އަހަރުގެ މީހެއް

ބަންދުގެ މުއްދަތު ޖަހަން އެމީހުން ކޯޓަަށް ހާޒިރުކުރުމުން 20 އަހަރުގެ އެކަކު ފިޔަވައި އެންމެން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. 20 އަހަރުގެ އެމީހާއަށް 30 ދުވަސް ވަނީ ޖަހާފައެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ، އެ ތިން ފުލުހުންނަށް ހަމަލާދީފައިވަނީ، ”ދަންނަ ކުށްކުރާ ގޭންގަކުން“ ކަމަށާއި، ހަމަލާދިނީ އެ އޮފިސަރުންގެ ޑިއުޓީ ގަޑީގެ ބޭރުން ކަމަށެވެ. 

ހަތިޔާރު ބޭނުންކޮށްގެން ފުލުހުންނަށް ދިން ހަމަލާ ކުށްވެރިކުރައްވާ ސީޕީ ވަނީ އެކަމުގައި ޝާމިލުވާ އެންމެން ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ. 

ފުލުހުން މިމައްސަލަ ބަލަމުންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް