72 އަހަރުވީ ކައިވެނި ހެދުން
72 އަހަރުވީ ވެޑިންގ ޑްރެސްއެއް
Share
މިއީ އެމެރިކާގެ އާއިލާއަކުން ހިފަހައްޓަމުން އަންނަ އާދައެއްގެ ތެރެއިން ގެންގުޅޭ ހެދުމެކެވެ.
Advertisement

އެ އާއިލާގެ 8 ފަރާތަކުންވަނީ މި ހެދުން އެމީހުންގެ ކައިވެނި ތަކުގައި ބޭނުންކޮށްފައެވެ. 1950 ގައި މި ހެދުން އެންމެ ފުރަތަމަ ބޭނުންކުރީ އެއާއިލާގެ އެޑެލޭ ލަރސަންއެވެ. ކައިވެނީގައި ލުމަށް އޭނާ އެ ހެދުން ގަނެފައިވަނީ 100.75 އެމެރިކާ ޑޮލަރަށެވެ. އެޑެލޭގެ މިހެދުން އޭގެ 3 އަހަރު ފަހުން އޭނާގެ ކޮއްކޮ އެލީ ލަރސަންގެ ކައިވެނީގައި ލުމަށް ބޭނުންވެގެން ދިނެވެ. އެއީ 1953 ވަނަ އަހަރުގައެވެ. 3 ވަނައަށް މިހެދުން ބޭނުންކޮށްފައިވަނީ 1969 ވަނަ އަހަރުގައި އެއާއިލާގެ ޝަރޮން ލަރސަންގެ ކައިވެނީގައެވެ. ދެން މިހެދުން ބޭނުންކުރަންފެށީ އެމީހުންގެ ދަރިންނެވެ. 

މިގޮތުން އެންމެ ފަހުން މިހެދުން ބޭނުންކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގައެވެ. އެންމެ ފުރަތަމަ ހެދުން އެޅި އެޑެލޭ ލަރސަންއަށް މާމަ ކިޔައި ކުއްޖެއް ކަމަށްވާ ސެރީނާއެވެ.

އެ އެންމެންވެސް ފާހަގަކޮށްފައިވާ ގޮތުގައި އެ ހެދުން އަޅަމުން އައީ ހަމައެކަނި އާއިލީ ސަގާފަތެއްގެ ގޮތުގައި ބަލައިގެންނެއް ނޫނެވެ.

އޭގެ ރީތިކަންވެސް އެމީހުން އެހެދުން ބޭނުންކުރަން ބޭނުންވި އެއްކަމެވެ. އަދި އެ ހެދުން އެޅި ހުރިހާ މީހުންގެ ކައިވެނިވެސް ވެގެން ގޮސްފައިވަނީ ވަރަށް އުފާވެރި ކާމިޔާބު ކައިވެނި ތަކަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް