
މިފްކޯ އިން މި ފިހާރާ ހުޅުވާފައި ވަނީ، ހިޔާ ޓަވަރު ދޭއްގެ ގްރައުންޑު ފުލޯގައި މިފިހާރަ ވަނީ ރޭގެ ވަގުތެއްގައި ހުޅުވާފަ އެވެ.
މި ފިހާރަ ހުޅުއްވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދުއާއި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު އެވެ. މީގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފު އާއި، މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ފައުޒީ ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ހިޔާ ޓަވަރުގައި މިފްކޯއިން ފިހާރައެއް ހުޅުވާފައި ވާއިރު، މިކަމާއި ގުޅިގެން މިފްކޯގެ އެމްޑީ ފައުޒީ ވިދާޅުވީ، މިއީ، އެ ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ފަސޭހައިން މިފްކޯގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް ހުޅުވުނު ފިހާރައެއް ކަމަށެވެ. އަދި މި ފިހާރައިންވެސް މިފްކޯގެ އެހެން ފިހާރަތަކުން ލިބޭ ބާވައްތައް ލިބޭނެ ކަމަށާއި، އާބާދީ އިތުރުވަމުން ދާވަރަކަށް، ފިހާރައިގެ ޖާގަ ތަނަވަސް ކުރަމުން ދާނެ ކަމަށް ވިދާޅުވި އެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި މިފްކޯގެ އުފެއްދުންތައް ބޭނުން ކޮށްގެން އެކުންފުނީގެ ހެޑް ޝެފް ނަހީޒް އަބްދުލްގަފޫރު (ނާބެ) ވަނީ، ކަސްޓަމުރުންނަށް ތަފާތު ޑިޝްތަކެއް ތައްޔާރުކޮށްދީ، އެކުންފުނީގެ އުފެއްދުންތަކުގެ ރަހަ ބަލާލުމުގެ ފުރުސަތު ދީފަ އެވެ.
ހިޔާ ޓަވަރުގައި ހުޅުވިގެން ދިޔަ މި ފިހާރަ އާއި އެކު މާލެ ސަރަހައްދުގައި މިހާރު މިފްކޯގެ ހަތަރު ފިހާރަ ވަނީ ހުޅުވިފަ އެވެ.