ads
އެޑެކްސް 2022 ގެ ތެރެއިން
ރާއްޖޭގެ ކަނޑުތައް އޭޝިއާގެ އެންމެ ބޮޑު ޑައިވް ފެއާއަށް
ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަމާއި ލިބެންހުރި ޑައިވް އެޑްވެންޗަރސްތައް އޭޝިއާގެ އެންމެ ބޮޑު ޑައިވް އިވެންޓް، އެޑެކްސް 2022 ގައި ޕްރޮމޯޓްކުރަން ފަށައިފިއެވެ.

އެމްއެމްޕީއާރުސީއާ އަދި އިންޑަސްޓްރީގެ ޕާޓްނަރުން ގުޅިގެން، އޭޝިޔާގެ އެންމެ ބޮޑު ޑައިވް އިވެންޓް ކަމަށްވާ އެޑެކްސް 2022 ގައި ދިވެހި ކަނޑުތައް ޕްރޮމޯޓް ކުރާއިރު މިއީ ހުކުރު ދުވަހުން ފެށިގެން އާދިއްތަ ދުވަހަށް ކުރިއަށްދާ އިވެންޓެކެވެ. ސިންގަޕޫރުގެ ސޭންޑްސް އެކްސްޕޯ އެންޑް ކޮންވެންޝަން ސެންޓަރުގައެވެ.

އެޑެކްސް 2022 ގައި ބައިވެރިވުމަކީ ރާއްޖޭގެ ވިޒިބިލިޓީ އިތުރުކޮށް، ދެކުނު އިރުމަތީ އޭޝިއާގެ ބާޒާރުގައި ޕްރިމިއާ އަދި އެންމެ މަގުބޫލު ޑައިވް ޑެސްޓިނޭޝަނެއްގެ ގޮތުގައި މަންޒިލް ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް އެމްއެމްޕީއާރުސީން ދެކެއެވެ. އަދި މި ހަރަކާތުގެ ސަބަބުން ރާއްޖޭގެ ޑައިވް ސެގްމަންޓު، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި ފަތުރުވެރިންވެސް ހިމެނޭގޮތަށް ފުޅާދާއިރާއެއްގައި ޕްރޮމޯޓް ކުރުމަށް އެހީތެރިވެދޭނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެއެވެ.

26  އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ އެޑެކްސްއަކީ އޭޝިއާގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ދިގު މުއްދަތަކަށް ކުރިއަށް ގެންގޮސްފައިވާ ޑައިވް އެކްސްޕޯއެވެ. މިއީ ޑައިވް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ކޮންމެހެންވެސް ޒިޔާރަތްކުރަން ޖެހޭ ހަރަކާތެއްގެ ގޮތުގައި ނަން މަޝްހޫރުވެފައިވާ ހަރަކާތެކެވެ.

އެޑެކްސްއިން ދުނިޔޭގެ ކަންކޮޅުތަކުން ފާހަގަކޮށްލެވޭ ވީއައިޕީންނާއި ސްޕީކަރުނާއި ސައިންސްވެރިންނާއި، ކަނޑުގެ ކޮންޒަވޭޝަނިސްޓުންނާއި، ކަނޑު އަޑީގެ ފޮޓޯގްރާފަރުންނާއި، ވީޑިއޯގްރާފަރުންނާއި، އަދި އެހެނިހެން ފަރާތްތައް އެއްތަނަކަށް ބައްދަލުވުމަށް މަގުފަހިކޮށްދެއެވެ. އަދި މިއީ ޑައިވް އޮޕަރޭޓަރުންނާއި، ފޮޓޯ އިކުއިޕްމަންޓް އުފައްދާ ފަރާތްތަކާއި، ގައުމީ ޓޫރިޒަމް ބޯޑުތައް ފަދަ އެކިއެކި އެގްޒިބިޓަރުން ބައިވެރިވާ ހަރަކާތެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް