ads
ކުރީ ސަރުކާރަށްވުރެއް މި ސަރުކާރު ކޮރަޕްޓް: އުމަރު ނަސީރު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވުރެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ކޮރަޕްޓް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ސީޕްލޭން ޓާމިނަލް މައްސަލައިގައި އުމަރު އޭނާގެ ފޭސްބުކްގައި ވިދާޅުވެފައިވަނީ، ޓީއެމްއޭގެ މައްސަލަ ސަރުކާރުން ނިންމިގޮތާއި، ގުޅުންހުރި ކުންފުނި ތަކަށް ދެމުންދާ ފައިސާގެ ބޮޑެތި ބަދަލުތަކުން، ކުރީ ސަރުކާރަށްވުރެއް މި ސަރުކާރަކީ ކޮރަޕްޓު ސަރުކާރެއްކަން ޔަގީންވާކަމަށެވެ. 

"ކޮންމެ ބަޔަކުވެސް ވެރިކަމަށް އައުމަށްފަހު ދުނިޔަވީ އެދުންތަކަށް ލެބި، މިސްރާބު ގެއްލި، ވީވައުދުތަކުގެ މަތިން ހަނދާން ނެތިގެންދޭ. މިހިނގާ ކަންކަމުގެ ހިތި ނަތީޖާ 2023 ގައި ވޯޓު ފޮށިން ފެނިގެންދާނެ." އުމަރު ވިދާޅުވެފައިވެއެވެ. 

މީގެ އިތުރުން އުމަރު ވިދާޅުވެފައިވަނީ މިރާއްޖެ މުޅިން އާމިސްރާބަކަށް ދާންޖެހޭކަމަށެވެ.

އަލަށް އިމާރާތް ކުރި ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް 31،000 އަކަމީޓަރު ދޫކުރަން ކުރީގެ ސަރުކާރުން އޮތީ ނިންމާފައެވެ. އެކަން ހުއްޓުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އެެކަން ހުއްޓުވައި މިހާރު ނިންމާފައި އޮތް ގޮތަށް ނިންމީ ދައުލަތަށް ލިބެން އޮތް އެންމެ ބޮޑު އާމްދަނީ ހޯދުމާ އެކު ސީޕްލޭން އޮޕަރޭޝަނަށް ވެސް ބްރޫ ނާރާނެ ގޮތަށް ކަމަށް ސަރުކާރުން މައުލޫމާތު ދީފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް