ސްޓެޓިސްޓިކްސް ބިއުރޯއިން ކުރިން ކަނޑައަޅާފައި އޮތީ މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ބޯހިމެނުމުގެ މަސައްކަތް ނިންމާށެވެ. އެހެންނަމަވެސް މިހާރުވަނީ މިމަހުގެ 27އާ ހަމައަށް މުއްދަތު އިތުކޮށްފައެވެ. ސްޓެޓިސްޓިކްސް ބިއުރޯއިން ބުނީ މާލެ ސަރަހައްދުގައި އެ މުއްދަތު އިތުރު ކޮށްފައިވަނީ މާލެ ސަރަހައްދުން ބޭނުންވާ އަދަދަށް އެނިއުމަރޭޓަރުން ނުލިބުމުން ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު ފެށި ބޯހިމެނުމުގެ މަސައްކަތުގައި 4000 އަށްވުރެ ގިނަ އެނިއުމަރޭޓަރުން މަސައްކަތް ކުރެއެވެ.