ކަޒިކިސްތާނުން ދިވެހީންނަށް އޮން އެރައިވަލް ވިސާ ދިނުމުގެ އެއްބަސްވުމެއްގައި މިއަހަރުގެ މެއި މަހުގެތެރޭގައި ވަނީ ރާއްޖެއާއި، ކަޒިކިސްތާނާއި ދެމެދު ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން ވިސާ ދޭން ފެށީ މިދިޔަ ބުދަ ދުވަހު އެވެ. ވިސާ ދެނީ 30 ދުވަހުގެ މުއްދަތަކަަށެވެ. މިމުއްދަތުގެ ފަހުންނަމަ ކުރިއެކޭވެސް އެއްގޮތަށް ކުރީބައިގައި ވިސާ ނަގަން ޖެހޭނެއެވެ.
ރާއްޖެއަށް އޮންއެރައިވަލް ވިސާ ގިނަ ގައުމުތަކުން މިހާރު ލިބެއެވެ. އެގޮތުން 2020 ވަނަ އަަހަރުތެރޭ ސައުދީންވެސް ވަނީ ދިވެހީނަށް އޮންއެރައިވަލް ވިސާދޭން ފަށައިފައެވެ.
މީގެ އިތުރުން:
ދިވެހި ޕާސްޕޯޓަކީ، އޭގައިވާ ސަލާމަތީ ސިފަތަކާއިއެކު، މިވަގުތު ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓެވެ.