އެ ސެންޓަރު ހުޅުވައިދެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރެވެ. އެތަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ ރެޒިޑެންޝަލް ޓްރީޓްމެންޓް ސެންޓަރު ހުޅުވުމަކީ ކުޑަކުދިންގެ އަދުލުގެ ނިޒާމު ތަންފީޒު ކުރުމުގެ އާ މަރުހަލާއެއްގެ ފެށުން ކަމަށެވެ.
ވޭމަންޑޫގައި ހުޅުވި ޖުވެނައިލް ރެސިޑެންޝަލް ޓްރީޓްމެންޓް ސެންޓަރުގައި ބައިތިއްބާ ކުދިންނަށް، އެކުދިންގެ އުމުރާއި ގާބިލިއްޔަތާ ގުޅޭ ގޮތުން އެކަށީގެންވާ ތައުލީމާތި ތަމްރީނު ދޭނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ. އެކިއެކި ހާލަތްތަކުގައި ބަންދުކުރަން ޖެހޭ ކުޑަކުދިން ބައިތިއްބަން ތިން ބާވަތެއްގެ މަރުކަޒުތައް ގާއިމްކުރުމަކީ 2019 ވަނަ އަހަރު ފާސްކޮށް އަމަލުކުރަމުން އަންނަ ކުޑަކުދިންގެ އަދުލުގެ ގާނޫނުން ދައުލަތަށް ލާޒިމުކޮށްފައިވާ ކަމެކެވެ.