ads
ސަރުކާރަށް ދެއަހަރުވުމާއި ދިމާކޮށް ޕީއެންސީން ބޮޑު ޖަލްސާއެއް ބީޗުގައި ބާއްވަނީ
ސަރުކާރަށް ދެއަހަރު ވުމާއި ދިމާކޮށް ވެރިކަންކުރާ ޕީއެންސީން ބޮޑު ޖަލްސާއެއް ބީޗުގައި ބާއްވަން ނިންމާ އިއުލާންކޮށްފިއެވެ.
Advertisement

ޕީއެންސީން ބުނީ އެޕާޓީން ބާއްވާ ބޮޑު ޖަލްސާ އޮންނާނީ މިމަހުގެ 14ވާ ހުކުރު ދުވަހުގެ ރޭކަމަށެވެ. އާޓިފިޝަލް ބީޗުގައި އޮންނަ މި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެޑައިގަންނަވާނެކަމަށެވެ. މި ޖަލްސާ އޮންނާނީ ހުކުރު ދުވަހުގެ ރޭ 20:30 ގައި ކަމަށްވެސް ޕީއެންސީން ބުނެއެވެ.

މި ސަރުކާރު ވެރިކަމުގައި އޮންނަތާ ދެ އަހަރު މިމަހުގެ 17 ގައި ހަމަވާނެއެވެ. 

މި ދެ އަހަރުގެ ތެރޭ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް، ރެކޯޑް މުއްދަތެއްގެ ތެރޭގައި ޒިޔާރަތްކުރައްވައި ރައީސް މުއިއްޒު ވަނީ ރެކޯޑް ހައްދަވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް