ads
ޖަންވީއާއި ރާޖުގެ ފިލްމް މިސްޓަރ އެންޑް މިސް މާހީގެ ޕޯސްޓަރެއް
ރާޖާއި ޖާންވީގެ ފިލްމުގެ ޕޯސްޓަރުތައް ގިނަ ބަޔަކަށް ކަމުދޭ
ރާޖްކުމާރު ރާއޯ އާއި ޖާންވީ ކަޕޫރްގެ "މިސްޓަ އެންޑް މިސިޒް މާހީ"ގެ އާ ޕޯސްޓަރުތަކެއް ދައްކާލުން ގިނަ ބަޔަކަށް އެ ޕޯސްޓަރުތައް ކަމުގޮއްސިއެވެ.

މި މަހު 31 ގައި ބޮޑު ސްކްރީންތަކަށް އަންނަ މި ފިލްމަކީ މި ދެތަރިން  އެކުގައި ފެންނަ ދެވަނަ ފިލްމެވެ. މީ ރޮމޭންޓިކް ސްޕޯޓްސް ޑްރާމާއެކެވެ. 

މި ފިލްމުގައި މި ދެތަރިންވެސް ފެނިގެންދާނީ ކްރިކެޓް ކުޅުންތެރިންގެ ގޮތުގައެވެ. ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އުފައްދާ މި ފިލްމުގެ ޓެގް ލައިނަކީ "އޭން އިމްޕާފެކްޓަލީ ޕާފެކްޓް ޕާޓަނިޝިޕް"އެވެ. މި ފިލްމު ޑައިރެކްޓަރަކީ ޝަރަން ޝަރުމާއެވެ. 

ރާޖްކުމާރު ރާއޯ އާއި ޖާންވީ ކަޕޫރް އެކުގައި ފުރަތަމަ ފެނިގެން ދިޔައީ 2021ގައި ރިލީޒްކުރި ހޮރޯ-ކޮމެޑީ "ރޫހީ" އިންނެވެ. 

your imageޖަންވީއާއި ރާޖުގެ ފިލްމް މިސްޓަރ އެންޑް މިސް މާހީގެ ޕޯސްޓަރެއް 

މި ދެތަރިންގެެ އެކުގައި ފެންނަ މި ފިލްމުގެ އިތުރުން މި ދެ ތަރިންގެ އެެހެން ބައެއް ފިލްމުތައްވެސް ހުރީ ސިނަމާތަކަށްް އަންނަ ލިސްޓުގައެވެ. އޭގެތެރޭގައި ރާޖުކުމާރު ރާއޯގެ "ސްރީކާންތު" ހިމެނެއެވެ. ބައޮގްރަފިކަލް މި ޑްރާމާ ސްކްރިންތަކަށްް އަންނަނީ  ހުކުރު ދުވަހުއެވެ. 

ޖާންވީގެ ވެސް ފިލްމެއް މި މަހު ރިލީޒްކުރަން އޮތީ ހަމަޖެހިފައެވެ. އެއީ "ސާވީ: އަ ބްލަޑީ ހައުސްވައިފް" އެވެ. ޖާންވީގެ ބޮޑު ބޭބެ އަނިލް ކަޕޫރު އުފެއްދި މި ފިލްމު ސިނަމާތަކަށް އަންނާނީ މިމަހުގެ އެންމެ ފަހު ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް