އެމްއެންޔޫގައި އޮތް ރަސްމިއްޔާތެއްގައި ޔުނިވަސިޓީގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފެވެ. އަދި އޭޑީކޭގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް އެވެ. މި އެއްބަސްވުމުގެ ދަށުން ޑޮކްޓަރުންނަށް ރަނގަޅު ތަޖުރިބާތަކެއް ކުރަން ފުރުސަތުތައް ލިބޭނެ ކަމަށް އޭޑީކޭއިން ބުންޏެވެ.
އެމްއެންޔޫ އިން ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދައިދިނުމަށް މީގެކުރިންވެސް އެމްއެންޔޫ އިން ބައެއް ހޮސްޕިޓަލްތަކާ އެކު އެކި ކަހަލަ އެއްބަސްވުންތައް ހަދާފައިވެ އެވެ.