ads
ހޭންޑްބޯލް ކޯޗުން ތަމްރީން ކުރުމުގެ ތެރެއިން - ފޮޓޯ: އަތޮޅު ކައުންސިލް
ޗެމްޕިއަން ޓީމަށް -/35000 ރުފިޔާ ލިބޭ ހޭންޑްބޯލް މުބާރާތެއް ށ. އަތޮޅުގައި ބާއްވަނީ
މިއީ މިހާތަނަށް ރާއްޖޭގެ ކައުންސިލް އިދާރާއަކުން މިފަދަ މުބާރާތެއްގެ އިނާމަކަށް ދިނުމަށް ނިންމެވި ފައިސާގެ އެންމެ ބޮޑު އިނާމު ކަމުގައި ށ. އަތޮޅު ކައުންސިލުން މަޢްލޫމާތު ދެއެވެ.

"މިލައުތުރު ހޭންޑްބޯލް މުބާރާތް" ނަމުގައި ބާއްވާ މި މުބާރާތަކީ، ށ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެއަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މިފަދަ ފުރަތަމަ ހޭންޑްބޯލް މުބާރާތެވެ. 

މި މުބާރާތުގައި ށ.އަތޮޅުގެ 10 ރަށަކުން 10 ޓީމް ބައިވެރިވެފައިވެއެވެ. މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 2 ގުރޫޕަކަށް ބަހާލައިގެން، 2 ރަށެއްގައެވެ. 

އަންހެން ކަނބަލުންނަށް ޚާއްސަކޮށްގެން ބާއްވާ މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް އެލަވަންސެއްގެ ގޮތުގައި -/3000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ. ށ.އަތޮޅު ކައުންސިލުންވަނީ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް -/35000 ރުފިޔާ އަދި ރަނަރަޕް ޓީމަށް -/15000 ރުފިޔާގެ ފައިސާގެ އިނާމެއްވެސް ދިނުމަށް ކަނޑައަޅައިފައެވެ. 

މި މުބާރާތުގެ އެކިއެކި ކަންކަމުގައި ށ.އަތޮޅު ފުލުހުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެއެވެ. އެގޮތުން މުބާރާތުގެ ސެކިއުރިޓީ ބެލެހެއްޓުން، ދަނޑުތައް ތައްޔާރު ކުރުން އަދި މުބާރާތުގެ ރެފްރީންވެސް ފުލުހުންގެ ފަރާތުން ހަމަޖައްސައިދީފައިވެއެވެ.

މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުފުރޭ މުނާސަބަތާ ގުޅުވައިގެން، މިނިސްޓްރީ އޮފް ޓޫރިޒަމްގެ އެހީތެރި ކަމާއެކު ބޭއްވޭ މުބާރާތެއް ކަމުގައި ށ.އަތޮޅު ކައުންސިލް ރައީސް މަޢްލޫމާތު ދެއްވިއެވެ. އަދި ހޭންޑްބޯލް މުބާރާތުގެ މެއިން ސްޕޮންސަރ އަކީ މިނިސްޓްރީ އޮފް ޓޫރިޒަމް ކަމުގައިވެސް ކައުންސިލް ރައީސް އިތުރަށް ދެއްވި މަައްލޫމާތުގައި ފާހަގަކުރެއްވިއެވެ.

މިލައުތުރު ހޭންޑްބޯލް މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 21 ގައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް