ads
މިނިސްޓަރު ޔުމްނާ
އޮކްޓޫބަރުގެ ނިޔަލަށް އޮލިމްޕަހުގެ މަސައްކަތް ނިމޭނެ: ޔުމްނާ
އޮކްޓޫބަރު މަހުގެ ނިޔަލަށް އޮލިމްޕަހުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާ ކުރައްވާ ކަމަށް މިނިސްޓަ އޮފް އާޓްސް ކަލްޗަ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ. ޔުމްނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކާ ގުޅިގެން ލިޔުމުން ފޮނުއްވި ޖަވާބުގައެވެ.
Advertisement

ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރު ކުރީކޮޅު ބަންދުކުރި ގޮތަށް އޮލިމްޕަސް އަދި ރަސްމީކޮށް ނުހުޅުވައެވެ. މި އަހަރުގެ މާރިޗު މަހުން ފެށިގެން މިހާރު ކުރިއަށް ދަނީ އެތަން މަރާމާތު ކުރުމުގެ ދެވަނަ މަޝްރޫއު އެވެ. އެތަން ހުޅުވުން ލަސްވާތީ އެކަމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުންނެވެ.

މަޖިލީހަށް ލިޔުމުން ފޮނުވި ޖަވާބުގައި މިނިސްޓަރުވަނީ އޮލިމްޕަހުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާއި މިހާރު ހިނގަމުންދާ މަސައްކަތްތަކުގެ ތަފްސީލް ވިދާޅުވެދެއްވާފައެވެ.

މިނިސްޓަރު ފޮނުއްވި ޖަވާބުގައި ވިދާޅުވެފައިވާ ގޮތުން އޮލިމްޕަހުގައި ހިންގާ ހަރަކާތަތްތައް އިޝްތިހާރު ކުރުމަށް އޮލިމްޕަހުގެ މައި ގޭޓްގައި ލެޑް ޕެނަލެއްވަނީ ހަރުކުރެވިފައެވެ.

އޮލިމްޕަހުގެ ޑާންސް ޕްރެކްޓިސް ކުރާ ކޮޓަރިތަކުގެ ފާރުތަކުގައި ރިހި ބިއްލޫރި ޖެހުމުގެ މަސައްކަތް ދަނީ ކުރަމުންދާ ކަމަށާއި އެ މަސައްކަތް ނިމުމުން ފްލޯރިންގެ މަސައްކަތް ފެށޭނެ ކަމަށްވެސް މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވެފައިވެއެވެ. އަދި އޮލިމްޕަހުގެ ހޯލާއި ރިހާސަލް ރޫމުގެ މަސައްކަތް ނޮވެމްބަރު މަހުގެ ތެރޭގައި ނިމޭނެ އަދި އޮލިމްޕަސް ހޯލުގައި ފިލްމް ސްކްރީން ކުރުމަށް ޑިޖިޓަލް ސިނަމާ ޕްރޮޖެކްޓަރާ ސައުންޑްގެ މަސައްކަތްވެސް އޮކްޓޫބަރު މަހުގެ ތެރޭގައި ނިމޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް