ads
ފުލުހުން ކުށްވެރިއަކު ހައްޔަރުކޮށްގެން ގެންދަނީ——ފޮޓޯ: ޓައިމްސް ލައިވް
ޒުވާނުން ބުލީކުރާކަމުގެ ތުހުމަތު ފުލުހުންނަށް
ޒުވާނުން ކުށުގެ ވެއްޓަށްވަދެ ފުލުހުންނަށް ހަމަލާދެނީ، ކުށްކުށުގައި ހައްޔަރުކުރުމަށްފަހު ޒުވާނުނަށް ބުލީކޮށް އަނިޔާކުރާތީ ކަމަށް ބުނެ، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ގޭންގުތައް ދިފާއުކޮށްފި އެވެ.

ގޭންގުތަކުން ފުލުހުންނަށް ހަމަލާދީ މަރުގެ އިންޒާރު ދެމުންދާތީ ކާާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން މެމްބަރު މުހައްމަދު ވަނީ، ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔާއި، ފުލުހުންނަށް ހަމަލައި ދޭންޖެހޭ ސަބަބުތަކެެއްވެސް ހުންނާނެ ކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ.

your imageނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު

އޭނާ ވިދާޅުވީ، ފުލުހުން ޒާތީވެގެން ޒުވާނުންނަށް އަނިޔާކޮށްފައިވެސް އެބަހުރި ކަމަށާއި، އެކަމުގެ ސަބަބުން އެފަދަ އާއިލާތަކުން ބޮޑުވާ ކުދިންގެ ހިތުގައި ބަދަލު ހިފުމުގެ ރޫހު ހުންނާނެ ކަމަށެވެ. 

”ފުލުހުން އަނިޔާކުރީމައި އޭގެ ހަސަދަ އެމީހުންގެ ހިތުގައިވެސް އިންނާނެ. ވަކި ހިސާބަކަށް ދަންދެން އެކުދިންނަށްވެސް އެކަންތައްތައް ހިތުއަޅަައިގެން ތިބެވޭނީ ހައްދުން ނެެއްޓީމަައި އޭގެ ބަދަލު އެމީހުންވެސް ނުހިފާނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ ފުލުހުންނެެއް ވެސް“ ސަލާމަތީ ބާރަކަށް ހަމަލާއެއް ދިނުމަކީ ކުށެއް ނޫންކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވަމުން މެމްބަރު މުހައްމަދު ވިދާޅުވި އެވެ.

މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ގެކޮޅު، ”މާފަންނު ވިލާ“ އަށް ބަޔަކު ވަން ސަބަބާއި ބެހޭގޮތުން ވާހަކަދައްކަވަމުން ވެސް މެމްބަރު މުހައްމަދު ވިދާޅުވީ، އެތަނަށް ވަނީ ސައި ހޮޓަލަކުން ނިކުން ”ކުއްޖަކު“ ހައްޔަރުކޮށްގެން ގެންގޮސް ތަޅައި އަނިޔާކޮށް ހޮސްޕިޓަލުގައި އެޑްމިޓުކުރުމުން ކަމަށެވެ.

ސައި ހޮޓަލަކުން ނިކުން ކުއްޖެެއް ހައްޔަރުކޮށްގެން އަނިޔާކޮށްގެން އައިޖީއެމްއެޗްގައި ބާއްވާފައި އައިސީޔޫއަށް ވައްދާ ހިސާބަށް ދިޔައީމައި އޭނާގެ އާއިލާވެސް އެތާ ތިބޭނެ، ކޮންމެވެސް ބަޔަކު ޖަޒުބާތުގައި ޖެހޭނެ، ފުލުހުން ޖަޒުބާތުގައި ޖެހޭކަމަށް ވެެއްޖެޔާ އާއްމު ރައްޔިތުންވެސް ޖަޒުބާތުގައި ޖެހޭނެ، އެކަން ދަނެގެން ފުލުހުން ރައްޔިތުންނަށް އަނިޔާކުރޭ،” މާފަންނު ވިލާއަށް ވަނުން ދިފާއުކޮށް މެމްބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުޒާހަރާތެރެއިން އާއްމުން ހައްޔަރުކުރާ އިރުވެސް “އައުގުރާނަ ގޮވާފައި” ހިފައި ހައްޔަރުކުރާތަން ފެންނަ ކަމަށެވެ. އަދި ފުލުހުން ޒުވާނުންނާއިމެދު އަމަލުކުރާތަން ފެންނަނީ ބުލީ ކުރާ  “ވައްތަރަށް” ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވަނީ ރައީސް ނަޝީދަށް މުހާތަބުކުރައްވާ އެމަނިކުފާނުގެ ވެރިކަމުގައިވެސް ބޭނުންވުމުން ޒުވާނުން ބޮޑެތި ކުށްވެރިންނަށް ހަދަލައި އެމީހުންގެ މުޅި މުސްތަގުބޮލު ހަލާކުކޮށްލި ކަމުގެ ތުހުމަތު ކުރައްވާފައެވެ.

” ހަމަ ނުރައްކާތެރި ކުށްވެރިންނޭ ކިޔާފައި މަނިކުފާނުގެ ވެރިކަމުގައި ދެއްކި ކިތަށް ކުއްވެރިން! ހަމަ މިގޮތަށް ގެންދާ މީހުން ފުލުހުން މެދުވެރިވެގެން ނުރައްކާތެރި ކުށްވެރިންނޭ ކިޔާފައި މުޅި އެމީހުންގެ ލައިފް އެއްކޮށް ހަލާކު ކޮށްލި. އެ ހިސާބުން ފެށިގެން އެމީހުނަކަށް ޖޮބެއް ނުލިބޭ މުޖުތަމައުގައި އުޅުމަށް ނުކުޅަދާނަވޭ، މިކަންތައްތަކަކީ ހަމަ ރޭވިގެން ދިވެހި ޒުވާނުންނަށް އަނިޔާދިނުމަށް ރާވައިގެން ކުރާ ކަންތައްތައް،“ މެމްބަރު މުހައްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފުލުހުންގެ އެފަދަ އަމަލުތައް ހުއްޓާލައި، ޒާތީ ހަސަދައިން ދުރުވެ، އެމީހުން އިސްލާހުކޮށް މުޖުތަމައުއަށް ނެރެން މަސައްކަތް ކުރުމުން ކަންކަން ހައްލުވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
83%
ވަރަށް ސަލާމް
ކޮމެންޓްސް