ads
އާދަމް ޝަރީފް މުފްތީ މެންކްއާ އެކު
ފަތުވާ މަޖިލިސް އެކުލަވާލުމަށް ގޮވާލާ ގަރާރެއް
އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް އެކުލަވާލައި އެ މަޖިލިސް ހިންގޭނެ އިންތިޒާމް ހަމަ ޖެއްސުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ. މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފްއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 179 ވަނަ މާއްދާގެ ދަށުން، މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ މި ގަރާރު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށްވަނީ އެޖެންޑާކޮށްފައެވެ. ހޯމަ ދުވަހު ޝަރީފް ހުށަހެޅުއްވި މި ގަރާރުގައި ވިދާޅުވެފައިވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކުރުން ލާޒިމްކުރާ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލަވާލައި އެ މަޖިލިސް ހިންގޭނެ އިންތިޒާމްތައް ވީހާވެސް އަވަހަށް ހަމަ ޖެއްސުމަށް ސަރުކާރަށް ގޮވައިލާ ކަމަށެވެ.

ފަތުވާ މަޖިލީސް އެކުލަވައިލުމަށް ގޮވާލާ މަޖިލީހަސް ގަރާރެއް ހުށަހެޅިއިރު، ރާއްޖޭގައި އުފެދޭ ދީނީ ހިޔާލު ތަފާތުވުންތައް ނައްތާލައި އާއްމުން ހޭލުންތެރިކުރުވުމުގެ ގާނޫނީ ޒިންމާ އޮތް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންގެ ދައުރު ހަމަވެ، އެ މަޖިލީހުގެ މަސައްކަތްތައް ހުއްޓިފައި އޮންނަތާ އެތައް މަހެއް ވެއްޖެ އެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް