ads
ގެއްލިގެން ހޯދަމުންދާ ޒުވާނާ
ހުޅުމާލެއިން ގެއްލުނު ޒުވާނާ އަދިވެސް ނުފެނޭ، ހޯދުމުގެ މަސައްކަތް ކުރިއަށް
ހުޅުމާލޭ ދެވަނަ ފިޔަވަޖިން ގެއްލުނު ޒުވާނާ އަދިވެސް ފެނިފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.

ގެއްލިގެން ހޯދަމުން އަންނަނީ އުމުރުން 27 އަހަރުގެ މުހައްމަދު އަޒުހާން ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާ ގެއްލިގެން ހޯދަން ފެށީ އިއްޔެ ހެނދުނު 06:00 ހާއިރު އޭނާ ގެއްލިގެން ރިޕޯޓް ކުރުމުން ކަމަށް އިއްޔެ ފުލުހުން ވަނީ ބުނެފަ އެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުން އަންނަ ޒުވާނާ އަދިވެސް ފެނިފައި ނުވާ ކަމަށާއި، ޒުވާނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

އަދި މި ޒުވާނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ލަސް ނުކޮށް ފުލުހުންނަށް އެންގުމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފަ އެވެ. 

މުހައްމަދު އަޒުހާން އެންމެފަހު ފެނުނުއިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެއް ލައިގެން ނެވެ.  

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް