ads
އައްޑޫ އިކުއޮޓޯރިއަލް ހޮސްޕިޓަލް
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ދިވެހި ޑޮކްޓަރުން ހޯދަން އިއުލާން ކޮށްފި
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން 27 ދިވެހި ޑޮކްޓަރުން ހޯދަން އިއުލާން ކޮށްފި އެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެ ހޮސްޕިޓަލުން ދިވެހި ޑޮކްޓަރުން ހޯދަން ބޭނުން ވަނީ، 12 ދާއިރާ އަކަށް ކަމަށެވެ. 

ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި އެ 12 ދާއިރާ އަކީ، ހޭނައްތާ ދެ ޑޮކްޓަރުންނާއި، އެތެރެ ހަށީގެ ހަތަރު ޑޮކްޓަރުންނާއި، ކަށީގެ ތިން ޑޮކްޓަރުންނާއި، ދެ އޮޕަރޭޝަން ޑޮކްޓަރުންނާއި، އަންހެނުންގެ ތިން ޑޮކްޓަރުންނާއި، ހަމުގެ ދެ ޑޮކްޓަރަކާއި، ލޮލުގެ ޑޮކްޓަރަކާއި، ދެ ސައިކޭޓްރިސްޓުންނާއި، ތިން ރޭޑިއޮލޮޖިސްޓުންނާއި ޔޫރޮލޮޖިސްޓެއްގެ އިތުރުން ޕެތޮލޮޖިސްޓެއް ކަމަށެވެ. 

އަދި މި ކަމަށް ކުރިމަތި ލާން ބޭނުންވާ ފަރާތްތަކުން އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ކުރިން ފޯމު ހުށަހެޅުމަށް އެދޭ ކަމަށާއި، ސީނިއާ ކޮންސަލްޓަންޓްސަބް ސްޕެޝަލިސްޓެއް މުސާރައަކީ 54،430 ރުފިޔާ އާއި 49،570 ރުފިޔާ ދެމެދުގެ އަދަދެއް ކަމަށެވެ. 

އަދި ކޮންސަލްޓަންޓް ސަބް ސްޕެޝަލިސްޓަކަށް 48،580 ރުފިޔާ އާއި 44،670 ރުފިޔާ ލިބޭނެ ކަމަށާއި، ސީނިއާ ކޮންސަލްޓަންޓަކަށް 47،000 ރުފިޔާ، ކޮންސަލްޓެންޓަކަށް 37،400 ރުފިޔާ، އެސޯސިއޭޓް ސްޕެޝަލިސްޓް 29،540 ރުފިޔާ މުސާރައަށް ލިބޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ.

މީގެ ސާވިސް އެލަވެންސްގެ ގޮތުގައި ކޮންމެ މަހަކު 12،750 ރުފިޔާ ލިބޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް