
އާލާސްކަންފުޅަައި އުޅުއްވުމަށްފަހު އުމުރުފުޅުން 96 އަހަރުފުޅުގައި ރާނީ އެލިޒަބަތު އަވަހާރާވީ، މިމަހުގެ އަށްވަނަ ދުވަހު އެވެ.
ރާނީ އަވަހާރިވިތާ 10 ދުވަސް ފަހުން ރަސްމީ އިއްޒަތުގައި މިމަހުގެ 19 ވަނަ ދުވަހު ވަނީ ފަސްދާނުލައިފަ އެވެ.
ރާނީގެ ޖަނާޒާގައި ބައިވެރިވުމަށް ދައުވަތު އެރުވި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ލީޑަރުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހިމެނިވަޑައިގަތެވެ. އެ ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން އިނގިރޭސިވިލާތައް ފުރާވަޑައިގަތީ، މިމަހުގެ 16 ވަނަ ދުވަހު އެވެ.
އެ ދަތުރުފުޅުގައި އިނގިރޭސި ވިލާތުގެ އާ ރަސްގެފާނު، ޗާސްލް(ތިންވަނަ) އާއި ބައްދަލުކުރައްވައި ރަސްގެފާނާއި ޝާހީ އާއިލާއަށް ރައީސްގެ ދެކަނބަލުން ތައުޒިޔާ ދަންނަވާފައިވެއެވެ.
އަދި ލަންޑަނުގެ ލެންކަސްޓަ ހައުސްގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފްތަރުގައި ތައުޒިޔާގެ މެސެޖު ރައީސްގެ ދެކަނބަލުން ލިޔުއްވާފައެވެ. އޭގެފަހުން
ރާނީގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަންނަވައިފައި ވެސް ވެއެވެ.