ads
ޔާމީންގެ ވެރިކަމުގައި ދަތުރުފުޅެއް ނިންމަވާލައްވާ މާލެ ވަޑައިގަންނަވަނީ
ޔާމީންގެ ވެރިކަމުގައި 30 ދަތުރުފުޅު، ގެއްލުނު ފައިސާ ހުރިކަމަށް ބުނާ ސިންގަޕޫރަށް 9 ދަތުރު
އެންމެ ގިނަ ދަތުރުފުޅު ކުރެއްވީ ސިންގަޕޫރަށް
ސިންގަޕޫރަށް ދަތުރުފުޅު ކުރައްވާފައިވަނީ 2013 އާއި 2014 ދޭތެރެ
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ބޭރަށް 30 ވުރެ ގިނަ ދަތުރުފުޅު ކުރެއްވިއިރު، އޭގެތެރޭގައި ގެއްލުނު އެމްއެމްޕީއާރްސީގެ ފައިސާ ހުރިކަމަށް އަދީބު ވިދާޅުވާ ސިންގަޕޫރަށް ނުވަ ދަތުރުފުޅެއް ކުރައްވާފައިވާކަން ސަރުކާރުން ހާމަކުރި ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
Advertisement

މި ތަފާސް ހިސާބުތައް ހިއްސާކޮށްފައިވަނީ، ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެ އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން އެވެ.

މިއުވާން ހިއްސާކުރި ތަފާސް ހިސާބުތަކުގައި ވާގޮތުން، ޔާމީންގެ ފަސް އަހަރުގެ ދައުރުގައި 30 އަށްވުރެ ގިނަ ގައުމަށް ވަޑައިގެންއިރު، އެންމެ ގިނަ ދަތުރުފުޅުތައް ކުރައްވާފައިވަނީ، ސިންގަޕޫރަށެވެ. އެގޮތުން ސިންގަޕޫރަށް ނުވަ ދަތުރުފުޅު ކުރައްވާފައިވެއެވެ.

your imageރައީސް ޔާމީންގެ ވެރިކަމުގައި ކުރެއްވި ދަތުރުފުޅުތައް

ސިންގަޕޫރަށް ގިނަ ދަތުރުތަކެއް ކުރައްވާފައިވާއިރު،  އެމްއެމްޕީއާރުސީ ފައިސާގެ ބޮޑުބައެއް ހުރީ ސިންގަޕޫރުގެ ބޭންކެއްގައި ކަމަށް އަދީބު ވިދާޅުވެފައިވާކަމަށް އެންމެފަހުން ރައީސް ޔާމީން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފަ އެވެ.

އެދުވަހު ރައީސް ޔާމީން ވިދާޅުވީ، އެމައުލޫމާތު އެމަނިކުފާނާއި ހިއްސާކުރެއްވީ، ޖަލުގައި އަދީބު ހުންނަވަނިކޮށް، އެމަނިކުފާނުގެ ވެރިކަމުގައި ހުންނެވި ދުވަސްވަރު އޭރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ ކަމަށެވެ.

އެ ފައިސާތައް ހުރީ ސިންގަޕޫރުގެ ބޭންކެއްގެ ޕޯސްޓް ބޮކްސް އެއް ތެރޭ ކަމަށާއި، އެފައިސާ ނެގޭނީ އަދީބުގެ ލޮލުގެ ރެޓީނާ ސްކޭނެއް ކޮށްގެން ކަމަށްވާތީ އެގައުމަށް ފޮނުވާދިނުމަށް އަދީބު އެދޭކަމަށް ލަތީފު ވިދާޅުވި ކަމަށް ޔާމީން އެދުވަހު ވިދާޅުވި އެވެ.  

"ލުތުފީ އައިސް އެއްދުވަހު ވިދާޅުވީ، އަދީބު އެބަ ބުނެއޭ އެމްއެމްޕީއާރުސީގެ ފައިސާގެ ތެރެއިން ބޮޑުބައެއް ހުރީ ސިންގަޕޫރުގެ ބޭންކެއްގައޭ. އެފައިސާތައް ހުރީ ބޭންކުގެ ޕޯސްޓް ބޮކްސް އެއް ތެރެއޭ، އެފައިސާ ނެގޭނީ އަދީބުގެ ލޮލުގެ ރެޓީނާ ސްކޭނެއް ކޮށްގެނޭ. އަދި އެތަނަށް އަދީބު ގެންދިއުމުން އެ ފައިސާ ދޭނެ ކަމަށް ލުތުފީ ކައިރީ އަދީބު ބުނިކަމަށް ލުތުފީ ބުނި." ލުތުފީ ވިދާޅުވި ކަމަށް ވިދާޅުވެ، ރައީސް ޔާމީން އެދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

މިއަދު މިއުވާން ވިދާޅުވީ، ރައީސް ޔާމީން ސިންގަޕޫރަށް ދަތުރުތައް ކުރައްވާފައިވަނީ، 2013 އާއި 2014 އާއި ދެމެދުގައި ކަމަށް ރިކޯޑުތަކުން ދައްކާ ކަމަށެވެ.

33%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
44%
ވަރަށް ސަލާމް
ކޮމެންޓްސް