މަރްޔަމް ޝަފީގު އެމަޤާމަށް އައްޔަން ކުރައްވާފައި ވަނީ ކުރިން އެ މަގާމު ފުރުއްވަމުން ގެންދެވި އިސްމާއީލް އައްޒާމް ވަޖީހު މިއަދު އިސްތިއުފާދެއްވާފައި ވާތީއެވެ.
މަރްޔަމް ޝަފީޤް ވަނީ ތައިލެންޑްގެ ޗުލަލޯންގކޯން ޔުނިވަރސިޓީން ހެލްތު އިކޮނޮމިކްސް ދާއިރާއިން މާސްޓަރ ޑިގްރީ ހާސިލް ކުރައްވާފައެވެ.
މަރްޔަމް ޝަފީޤު މީގެ ކުރިން ވެސް އެންސްޕާގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމާއި އެ އިދާރާގެ އިސް މަޤާމުތަކާއި ސިއްހީ ދާއިރާއާ އަދި ދައުލަތުގެ އެހެން ބައެއް އިދާރާތަކުގެ އިސް މަގާމުތައް ފުރުއްވާފައިވެއެވެ.