ads
ޝަހީދު ހުސެން އާދަމް ބިލްޑިން-- ފޮޓޯ: ރާއްޖެ އެމްވީ
ލަންކާ ހަމަލާއާ ގުޅިގެން އެއްވެސް ދިވެއްސަކު ހައްޔަރުކޮށްފައެއް ނުވޭ: ފުލުހުން
މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު ސްރީލަންކާގެ އެކި ސަރަހައްދުތަކުގައި ދިން ހަމަލާތަކުގެ ތުހުމަތުގައި އެއްވެސް ދިވެއްސަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ލަންކާގެ ނޫސްތަކުން މިއަދު ބުނެފައިވާ ގޮތުގައި ހަތަރު ދިވެހިން ހައްޔަރުކޮށްފައި ވަނީ ހަމަލާތައް ރާވަން އުޅުނު ކަމުގެ ތުހުމަތު ގައެވެ. އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ. 

ދިވެހި ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިއްޔެ އެއްވެސް ދިވެއްސަކު ލަންކާއިން ހައްޔަރު ނުކުރާ ކަމަށާއި، ހަމަލާތަކުގައި ދިވެއްސެއްގެ ބައިވެރިވުން އޮތް ކަމަށް ލަންކާގެ ކަމާ ބެހޭ އިދާރާއަކުން ކަށަވަރުކޮށްދީފައި ނުވާ ކަމަށެވެ. 

"... ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ވެސް އެއްވެސް ދިވެއްސެއްގެ ބައިވެރިވުން އޮތްކަން މިހާތަނަށް ސްރީލަންކާގެ ކަމާބެހޭ އެއްވެސް އިދާރާއަކުން މި ސާވިސްއަށް ކަށަވަރުކޮށްދީފައެއް ނުވޭ،" އެ ބަޔާނުގައި ވެއެވެ. 

ލަންކާގައި ދިވެހިންތަކެއް ހައްޔަރު ކުރި ކަމަށް ބުނާ މައްސަލާގައި ފޮރިން މިނިސްޓްރީން އަދި އެއްޗެއް ނުބުނެ އެވެ. 

ގާތްގަނޑަކަށް 15،000 އަށް ވުރެ ގިނަ ދިވެހިން ދިރިއުޅޭ ލަންކާގައި މިދިޔަ ނޮވެމްބަރު މަހު ވަނީ ބުދު ފައްޅިއަކަށް ހަމަލާދިން މައްސަލައަކާ ގުޅިގެން ދިވެއްސަކު ހޯދަން އިއުލާންކޮށް، އޭނާގެ ކުރެހުމެއް ވެސް އާއްމުކޮށްފަ އެވެ. 

މިދިޔަ އޭޕްރިލް މަހު ލަންކާގައި ނަސޯރާއިން އީސްޓާ ފާހަގަ ކުރަނިކޮށް ދިން ހަމަލާގައި 235 މީހުން މަރުވެފައިވާއިރު، އެގައުމުގެ ސަލަމަތީ ކަންކަން އޭގެ ފަހުން ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފަ އެވެ. 

އެގޮތުން ބޭރުގައި އުޅޭއިރު، ބިދޭސީންގެ އަތުގައި ޕާސްޕޯޓު އޮތްތޯ ދޭތެރެއަކުން ބަލަމުން ދެއެވެ. ދާދި ފަހުން ވެސް ވަނީ ކާކުކަން އަންގައިދޭ ލިޔުމެއް އަތުގައި ނެތި އުޅުނު ދިވެހިންތަކެއް ހައްޔަރުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް